ތިބާ ހިނައިގަންނައިރު މިކަންކަމަށް ސަމާލުކަން ދެންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ތިބާ ހިނައިގަންނައިރު މިކަންކަމަށް ސަމާލުކަން ދެންތަ؟

ކޮންމެ ކަމެއް ކުރިނަމަވެސް އެކަމެއްގެ ފައިދާ އެންމެ ބޮޑަށް ކުރާނީ ޤުރްއާނާއި ސުންނަތުގައިވާގޮތަށް އެކަމެއް ކުރުމުންނެވެ. ޤުރްއާނާއި ސުންނަތުގައިވާ ފަދައިން ކަންކަން ކުރުމުން އެކަން ޞައްޙަ ނުވެދާނެ ކަމަށް އެއްވެސް ވަރަކަށް ބިރު ގަންނާކަށް ނުޖެހޭނެއެވެ.  

މިގޮތުން ހިނައިގަތުމަށްބަލާއިރު ހިމނެއިން ވާޖިބުވެއްޖެ މީހާއަށް ނަމާދުކުރުމާއި މުޞްޙަފް އުފުލުން، އަދި މުޞްޙަފްގައި ބީހުން ފަދަ ކަންކަން ކުރެވޭނީ ފުރިހަމަ ހިނައިގަތުމަކަށްފަހުގައެވެ. އެހެނީ އެކަންކަން ކުރަން ކުރާ ވުޟޫ ޞައްޙަވުން އޮތީ ހިނެއިން ޞައްޙަވުމުންނެވެ. ވީމާ ފުރިހަމަ ގޮތުގައި ހިނައިގަތުމަކީ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ އެއްކަންތަކެވެ.   

ލޮބުވެތި ނަބިއްޔާ ރަސޫލް ހިނެއިގަންނަވާނަމަ ފުރަތަމަ ކަމެއްގެ ގޮތުން ވައަތްޕުޅުން ދެގުނަވަން ވަރަށް ރަނގަޅަށް ޠޯހިރު ކުރައްވަވައެވެ. އަދި އެއަށްފަހު ވަރަށް ރަނގަޅަށް އަތްޕުޅު ދޮންނަވައެވެ. އެއީ އެއްވެސް މިންވަރެއްގެ ނަޖިހެއް އެއްވެސް މިންވަރަކަށް އަތްޕުޅުގައި ހޭކިފައިހުރެދާނެ ކަމަށްޓަކައެވެ. އެއަށްފަހު ވުޟޫ ކުރައްވަވައި ހިނައިގަންނަވަނީއެވެ.  

ހިނައިވަޑައިގަތުމަށްފަހު އިސްތަށިތަކުގެ ބުޑުގައި ފެންޖެހުނުކަން ޔަޤީންކުރައްވަވަން އަތްޕުޅު ހިންގަވަތެވެ. މިއީ ވެސް ގިނަ ބައަކު ވަރަށް ބޮޑަށް އިހްމާލްވެފައިވާ ކަމެކެވެ. އިސްތަށިގަނޑު ކިތަންމެ ދިގުނަމަވެސް ކުރުނަމަވެސް ގިނަނަމަވެސް މަދުނަމަވެސް މިއީ ކުރަންޖެހޭނެ ކަންކަމެވެ.

ފާހަގަކޮށްލަން ބޭނުންވަނީ މިކަންކަން މިގޮތަށް ކުރަން އިހްމާލުވަމުން އަންނަ ކަމެވެ. އަދި އެއިހްމާލުގެ ސަބަބުން މީހާ ކުރާ ނަމާދުތައް ޞައްޙަ ނުވެދާނެ ކަމުގެ ބިރު އެބައޮތްކަމެވެ. މުޅި ޢުމުރުގައިވެސް ހިނެއިން ވާޖިބުވެފައިވާ މީހެއްފަދައިން ހުރެވިދާނެކަމުގެ ބިރުއެބައޮތްކަމެވެ.

 

- ޝައިޚް ޢަބްދުލްމަޖީދު މަޙްމޫދުގެ ދަރުސަކުން

މިއަދު އޮންލައިން