ޒަވާޖީ ޙަޔާތެއް ފެށުމަށްފަހު ބައިވެރިޔާއަށް ތެދުވެރިނުވާނަމަ ފޭލްވާނީ ހަމައެކަނި ކައިވެންޏެއް ނޫން! ގާތީ އެމީހެއްގެ މުޅި ދިރިއުޅުން ފޭލްވެ، ނިކަމެތިވެ އިނދަޖެހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ޒަވާޖީ ޙަޔާތެއް ފެށުމަށްފަހު ބައިވެރިޔާއަށް ތެދުވެރިނުވާނަމަ ފޭލްވާނީ ހަމައެކަނި ކައިވެންޏެއް ނޫން! ގާތީ އެމީހެއްގެ މުޅި ދިރިއުޅުން ފޭލްވެ، ނިކަމެތިވެ އިނދަޖެހުން!

މުސްލިމުންނަކީ އެއްވެސްކަމެއްގައި މަކަރުހަދައި ޚިޔާނާތްތެރިވެގެންވާނެ ބައެއް ނޫނެވެ. އެއްވެސް މީހަކަށް އެއްވެސް ކަމެއްގައި މަކަރު ހެދުމަކީ މުސްލިމުންނަށް ހުއްދަކަމެއް ނޫނެވެ. ކައިވެނިކުރުމަށްފަހު ބައިވެރިޔާއަށް މަކަރުހެދުމަކީ އެންމެ ބަލިކަށި މީހުންގެ ސިފައެކެވެ.  

އޮޅުވާލައި މަކަރު ހަދަން ބޭނުންނަމަ އޮތީ ކައިވެނި ނުކޮށް އެކަނި ހުރުމެވެ. ބައިވެރިޔާއަށް މަކަރުހަދާނަމަ އެކަންވާނީ ބައިވެރިޔާއަށް ކުރެވޭ އެންމެ ބޮޑު އަނިޔާއަށެވެ. ދެވޭ އެންމެ ބޮޑު ދެރައަށެވެ.

ފިރިހެނުންނަށް ޚާއްޞަކޮށްގެން ބުނެލާނަމެވެ. އަނބިމީހާއަށް ވިޔަސް ލޯބިވެރިޔާއަށް ކަމަށްވީނަމަވެސް ދޮގުހަދައި އޮޅުވާލުމަކީ ފިނޑި އަންހެނުން ކުރާ ޒާތުގެ ކަމެކެވެ. އެއީ ހިތްވަރުގަދަ ފިރިހެނުން ކުރާނެ ކަމެއް ނޫނެވެ. 

ބުއްދިވެރިއަކު ބުނެފައިވާ ނަޞީޙަތުގެ މިބަސްކޮޅަކީ ފިރިހެނުންވެސް އަދި އަންހެނުންވެސް ވަރަށް ބޮޑަށް ވިސްނައިލަންޖެހޭނެ ބަސްކޮޅެކެވެ. ވަރަށް ރަނގަޅު ނަޞީޙަތެކެވެ.  

ބައިވެރިޔާއަށް އެކަންޏެއް ނޫނެވެ. ހަމަ އެއްވެސް މީހަކަށް މަކަރު ނުހަދާށެވެ. އެކަމުން ލިބޭ ވަޤުތީ ހިތްހަަމޖެހުމަށްވުރެ އެކަމުން އެމީހަކަށް ފަހުން ލިބޭނެ ހިތްދަތިކަން މާބޮޑުވާނެއެވެ. ލިބޭނެ އަނިޔާވެސް މާބޮޑުވާނެއެވެ.  

ތިމާއަށް މީހަކު އެއްވެސް މަކަރެއް ހަދައިފިނަމަ ތިމާ ވާނެ ދެރައާއި އަންނާނެ ރުޅިއާއި ކުރެވޭނެ ނަފްރަތު ހިތަށް ގެންނާށެވެ! ހަމަ ކޮންމެ މީހެއްގެ ވެސް އޮންނާނީ ހިތެއްކަން ދަންނާށެވެ! ކޮންމެ ހިތަކަށްވެސް އަސަރުކުރާނެއެވެ.  

މަކަރުހަދާ މީހަކަށް ހަޤީޤީ އުފާވެރިކަމެއް ނުލިބޭނެއެވެ. އަބަދުވެސް ހުންނަނަ ޖްހޭނީ ހާސްވެ ކަންބޮޑުވެފައެވެ. ފިކުރެއްގެ މަތީގައެވެ. ޒަވާޖީ ޙަޔާތެއް ފެށުމަށްފަހު ބައިވެރިޔާއަށް ތެދުވެރިނުވާނަމަ ފޭލްވާނީ ހަމައެކަނި ކައިވެންޏެއް ނޫނެވެ. ގާތީ ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ފޭލްވެ ނިކަމެތިވެ އިނދަޖެހުމެވެ!  

ވީމާ ތިމާގެ ހިތަށް ހަމަޖެހުން ބޭނުންވާނަމަވެސް ހަމައެކަކަށްވެސް މަކަރު ނުހަދާށެވެ. ތެދުވެރިވެ ﷲ ތަޢާލާގެ ޙަޟްރަތުން ހިތްހަމަޖެހުން ހޯދަން މަސައްކަތްކުރާށެވެ. ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން