ސިޙުރުގެ ޢަލާމާތެއް!: ތިބާގެ ގައަށް ކުއްލިއަކަށް ފިނިކަން ލިބިފައި ގޮތް ނުއެނގޭ އުދަގޫތަކެއްވުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ސިޙުރުގެ ޢަލާމާތެއް!: ތިބާގެ ގައަށް ކުއްލިއަކަށް ފިނިކަން ލިބިފައި ގޮތް ނުއެނގޭ އުދަގޫތަކެއްވުން-

ބައެއް މީހުންނަށް ކުރިމަތިވެދާނެ ކަމެކެވެ. ކުއްލިއަކަށް ފިނިކަމެއް އައިސް ގައިގައި ބީހިދާނެއެވެ. ދެން ބުނެދޭން ނުއެނގޭ ޒާތުގެ އުނދަގޫތަކެއްވެދާނެއެވެ. ގިނަ ފަހަރު މުޅި ހަށިގަނޑު ފިނިވެގެންހިނގައިދާނެއެވެ. އަދި ބަނޑަށް އުނދަގޫތަކެއްވެސް ވެދާނެއެވެ.  

މިފަދަ ކަންކަން މެދުވެރިވަނީ ޝައިޠޯނަކު ހަށިގަނޑުގެ ތެރެއަށް ވަނުމުން ނުވަތަ ގައިގައި ބީހުމުން ކަމަށް ބެލެވެއެވެ. މިފަދަ ކަންކަން ޢާންމުގޮތެއްގައި މެދުވެރިވާނީ ސިޙުރަކުންނެވެ. ތިބާއަށް ހަދާފައި ހުރި ސިޙުރަކުން ކަމަށްވެސް ވެދާނެއެވެ. އަދި ތިބާގެ ބައިވެރިޔާ ފަދަ ގާތް މީހަކަށް ހަދާފައިވާ ސިޙުރަކުން ސަލާމަތްވުމަށް އޭނާ މަސައްކަތްކުރަނިކޮށްވެސް މިފަދަ ކަމެއް މެދުވެރިވެދާނެއެވެ. އެއީ އެންމެ ފަހުވަޤުތުގައި ގާތް މީހަކަށް ޙަމަލާދީގެންވެސް ދެރައެއް ދެވޭތޯއެވެ.  

މިފަދަ ކަމެއް މެދުވެރިވެއްޖެނަމަ އޮނަހިރި ޢަދަދަކަށް ފެނަށް އާޔަތުލްކުރުސި ކިޔަވާށެވެ! އަމިއްލައަށް ކިޔެވޭނަމަ އަމިއްލައަށެވެ. އަމިއްލައަށް ނުކިޔެވޭނަމަ ހެޔޮލަފާ (ނަމާދު ޤާއިމްކުރާ) މީހަކު ލައްވައެވެ. އެފެން ބޮއި ގައިގައި އުގުޅާށެވެ! މާތް ﷲ ގެ ވާގިފުޅާއިއެކު އެކަމަކުން ލުއިކަން ލިބޭނެތެވެ.  

މިފަދަ ކަމެއް ތަކުރާރުކޮށް މެދުވެރިވާނަމަ، ނުވަތަ އެއުނދަގޫ ނުފިލައި ހުންނަނަމަ ޝަރުޢީ ރުޤްޔާ ކުރާ މީހެއްގެ ލަފާ ހޯދުން މުހިންމެވެ.

 

- ސިޙުރުން ސަލާމަތްވުން

މިއަދު އޮންލައިން