ތިބާއަކީ ޤުރްއާނާއިއެކު އެންމެ ބޮޑަށް ކުރިއަރައިދާން ބޭނުންވާ މީހަކަށްވުމަށް ކުރަން އޮތީ ވަރަށް ފަސޭހައިން އަދި ކުޑަވަޤުތުކޮޅަކުން ކުރެވެން އޮތް ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ތިބާއަކީ ޤުރްއާނާއިއެކު އެންމެ ބޮޑަށް ކުރިއަރައިދާން ބޭނުންވާ މީހަކަށްވުމަށް ކުރަން އޮތީ ވަރަށް ފަސޭހައިން އަދި ކުޑަވަޤުތުކޮޅަކުން ކުރެވެން އޮތް ކަމެއް!

ތިބާއަކީ ޤުރްއާނާއިއެކު އެންމެ ބޮޑަށް ކުރިއަރައިދާން ބޭނުންވާ މީހަކަށްވުމަށްޓަކައި ކުރަން އޮތް މަސައްކަތް ކުރުމަކީ އެއްވެސް އުނދަގޫކަމެއް ނޫނެވެ. އެކަމަށް ހޭދަކުރަންޖެހެނީވެސް މަދު ވަޤުތުކޮޅެކެވެ. ގިނަބައަކަށް އެކަން ނުއެނގި އޮވެދާނެތީ ބުނެލައިދޭނަމެވެ. އިން ޝާ ﷲ  

އަހަރުގެ 365 ދުވަހަށް ބަލައިފިނަމަ އެއީ 8760 ގަޑިއިރެވެ. އެކިއެކި ދިރާސާތައްކުރާ މީހުން ބުނާ ގޮތުގައި އެއިގެ ތެރެއިން 100 ގަޑިއިރު އެއްކަމެއްގައި ހޭދަކުރާނަމަ އެކަމެގައި އެމީހަކު ހިމެނިގެންދާނީ އެކަމަކުން އެންމެ ބޮޑަށް ކުރިއަރައިދާ މީހުންގެ ތެރޭގައެވެ. މިއީ ދުވާލަކަށް 17 މިނިޓް ހަމަނުވާ ޢަދަދެކެވެ. އެހެންވެ އަހުރެން މިނެގީ އިތުރު 3 މިނިޓްލައި 20 މިނިޓްއިރެވެ.  

މިދިރާސާއަކީ މުސްލިމުން ކޮށްފައިވާ ދިރާސާއެއް ނޫނެވެ. ވީމާ އެމީޤުރްއާނާއި ގުޅުވައިގެން ދިރާސާކުރާނެކަމަށް ނުބެލެވެއެވެ. ދިރާސާކޮށްފައިވާނީ އެހެން ކަންކަމާއި ގުޅުވައިގެންނެވެ.  

ވީމާ އަހުރެންނަށް ވިސްނޭގޮތުން ޤުރްއާން އުނގެނެން މާފަސޭހަވެގެންދާނެއެވެ. އެހެނީ ޤުރްއާން އުނގެނުން ﷲ ތަޢާލާ ވަނީ ފަސޭހަކުރައްވަވައި ދެއްވަވައިފައެވެ.  

އަހުރެން ބުނާނީ ކޮންމެ ދުވަހަކު 20 މިނިޓް ޤުރްއާން ކިޔާނަމަ ކިޔަވަން ދަސްވެ ކިޔަވަން ފަސޭހަވެގެންދާނެއެވެ. މާނަދަސްކުރަން މަސައްކަތްކުރިނަމަވެސް އަދި ހިތުދަސްކުރަން މަސައްކަތްކުރި ނަމަވެސްމެއެވެ.  

ކުރަން އޮތީ 3 ކަމެކެވެ. 1 ކިޔެވުމާއި 2 ހިތުދަސްކުރުމާއި 3 މާނައުނގެނުމެވެ. 

މި 3 ކަންތަކަކީވެސް ކުރަން ހުރި ކަންކަމެވެ. އެހެންކަމުން ކޮންމެވެސް މިކަންކަން ކުރުމުގައި އަހަރުދުވަސްވަންދެން ޤަވާއިދުން ދުވާލަކު 20 މިނިޓް ހޭދަކޮށްބަލާށެވެ! އުންމީދުކުރާވަރަށްވުރެވެސް މާރަނގަޅު ނަތީޖާއެއް ފެނިގެންދާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން