ދަރިން ބަލަމުން އަނބިންކުރާ މަސައްކަތުގެ އަގުވަޒަންނުކުރެވޭނަމަ ކަރުނައަޅަން ޖެހޭނެ ދުވަހެއް އަންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ދަރިން ބަލަމުން އަނބިންކުރާ މަސައްކަތުގެ އަގުވަޒަންނުކުރެވޭނަމަ ކަރުނައަޅަން ޖެހޭނެ ދުވަހެއް އަންނާނެ!

ގިނަ އަނބިންގެ ޝަކުވާއަކަސްވެފައި އޮންނަނީ މަސައްކަތްކުރަންޖެހުމެއް ނޫނެވެ. އެމީހުން ކުރާ މަސައްކަތުގެ އަގުވަޒަން ނުކުރެވުމެވެ. ދަރިން ބަލައި ގޭތެރޭގެ މަސައްކަތްތައް ކުރުމަކީ އެއްވެސް މަސައްކަތެއް ނޫންކަމަށް ބައެއް ފިރިންނަށް ވިސްނޭކަމެވެ.

ވިސްނައިލާށެވެ! ކައިވެނިކޮސް ދެމަފިރިން ކަމުގައިވާ އެހިސާބުން ދެން އޮތީ ދެމީހުންނަކީ އެކަކު ކަމަށް ބަލައިގެން އުޅުމެވެ. އެކަކު އަނެކެއްގެ އަގު ވަޒަންކުރުމެވެ. ދީނުގައި އޮތީ އެގޮތެވެ. ނަމަވެސް އެކަން އެގޮތަށް ޤަބޫލުނުކުރެވޭ ބައަކު އުޅެއެވެ.

މިޘާލެއްގެ ގޮތުން ޙާދިސާއެއްގެ ވާހަކަ ކިޔައިލަދޭނަމެވެ.

ފިރިމީހާ ގެއަށް ދިއައިރު 2 ދަރިން ކިލަލުންތަތްތެޅިގެން ތިބެ ބޭރުގައި ކުޅެނީއެވެ. ކުދިން ގާތު މަންމަ ކޮބައިތޯ ސުވާލުކުރުމުން ޖަވާބެއް ނުދިނެވެ.

ގޭތެރެއަށް ވަންއިރު ކަމަކުދާކަށް ނެތެވެ. އެއްޗެތިތައް ހުރީ ތަންތަނަށް އުކާލެވިފައެވެ. ފްރިޖްގެ ދޮރުވެސް ހުރީ ހުޅުވައިފައެވެ. ގޭގެ ހުރިހާ ބޮކިތަކެއްވެސް ހުރީ ދިއްލައިފައެވެ. ގޮނޑިތަކާ ފަރުނީޗަރު ހުރީ ހުންނާނެ ގޮތަކަށެވެ.

އެހިސާބުން ވިސްނުނީ އަންހެނުންނަށް ކޮންމެވެސް ކަމެއްވެއްޖެކަމަށެވެ. އަނބިމީހާއަށްޓަކާ ހެޔޮދުޢާކުރަމުން ގޮސް ކޮޓަރިއަށް ވަންއިރު އަނބިމީހާ އެނދުގައި އޮށޯވެލައިގެން އޮތެވެ. ފިރިމީހާ ވަނުމުން އާދައިގެމަތިން މިއަދުގެ އޮފީސް މަސައްކަތްކިހިނެއްތޯ ސުވާލުކުރިއެވެ.

ފިރިމީހާ ކަންބޮޑުވެފައިހުރެ މިއަދު ބަލިވީތޯ ސުވާލުކުރުމުން ބުންޏެވެ. "ނޫނެކެވެ. އެއްވެސް ކަމެއް ނުވެއެވެ. ކޮންމެ ދުވަހަކު ގެއަށް އައިސް އެދުވަހު އަހަރެން އެއްވެސް މަސައްކަތެއް ނުކުރާކަން ދޭހަވާ ޢިބާރާތުން ސުވާލުކުރާތީ މިއަދު އެއްވެސް ކަމެއް ނުކޮށް މަޑުކޮށްލީއެވެ."

އެވަރުންވެސް ފިރިމީހާގެ ސުވާލަކަށްވީ "ނުވެސް ކައްކަން ހެއްޔެވެ؟"

އެކުވެރިންނޭވެ! މަސައްކަތްކުރުމަކީ ހަމައެކަނި ވަޒީފާއަދާކުރުން ކަމުގައި ނުދެކޭށެވެ! ދަރިންނާއި ގޭގެ ކަންކަން ބެލެހެއްޓުމަކީ ހުރިހާ މަސައްކަތަކަށްވުރެވެސް ބުރަ މަސައްކަތެކެވެ. އެމަސައްކަތުގެ އަގު ވަޒަންކުރާށެވެ.

ފިރިން ގެއިން ބޭރުގައި ކުރާ މަސައްކަތުގެ އަގު އަނބިން ވަޒަންކުރަންވާނެއެވެ. އަނބިން ގޭގައިތިބެގެން ކުރާ މަސައްކަތުގެ އަގު ފިރިން ވަޒަންކުރަންވާނެއެވެ. ދިރިއުޅެން އުފާވެރިކުރެވޭނީ އެއިރުންނެވެ. ހަމައެއާއިއެކު ދަރިން ބަލަމުން އަނބިންކުރާ މަސައްކަތުގެ އަގުވަޒަންނުކުރެވޭނަމަ ކަރުނައަޅަން ޖެހޭނެ ދުވަހެއް އަންނާނެކަންވެސް ޤަބޫލުކުރަންވާނެއެވެ. އެޙާލަތު ކުރިމަތިނުވާނީ ކުރިއާލައި އެކަމަށް ވިސްނައިގެން އުޅޭ މީހަކަށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން