ތިބާއަށް މީސްތަކުންގެ ލޯބިވެސް ލިބި ހިތްހަމަޖެހުމާ އުފާވެރިކަމުގަ ހުރެވޭނެ މަގު ﷲ ތަޢާލާ ދައްކަވާނެ މީހަކަށްވާން ކުރަން އޮތީ އެންމެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ތިބާއަށް މީސްތަކުންގެ ލޯބިވެސް ލިބި ހިތްހަމަޖެހުމާ އުފާވެރިކަމުގަ ހުރެވޭނެ މަގު ﷲ ތަޢާލާ ދައްކަވާނެ މީހަކަށްވާން ކުރަން އޮތީ އެންމެ ކަމެއް!

ތިބާ ލައިގެން ހުންނަ ފޭރާން ތިބާގެ ހަންގަނޑު ނިވައިކޮށްދޭ ފަދައިން ތިބާގެ އުނިކަންކަން ﷲ ތަޢާލާ ފޮރުއްވަވައި ދެއްވަވާނެތެވެ. ކީއްކުރުމުންހެއްޔެވެ؟ ﷲ ތަޢާލާ ގުޅުން އުފައްދަން ޖެހޭ ވަރަށް ގުޅުން އުފެއްދިއްޖެ ނަމައެވެ.

އެއިރުން ތިބާގެ ސިކުނޑި އަބަދުވެސް އޮންނާނީ ހަމަޖެހިގެންނެވެ. އުނދަގޫވާނެ އެއްވެސް ކަމެއް ކުރިމައްޗެއް ނުވާނެއެވެ. އަދި ކީއްހެއްޔެވެ؟ އެއިރުން މީސްތަކުންނަށް ތިބާގެ ކިބައިން ފެންނާނީ ރަނގަޅު ސިފަތަކެވެ. އުނި އެއްވެސް ކަމެއް ނުފެންނާނެއެވެ.

ވީމާ ތިބާއަކީ މީސްތަކުންގެ ތެރޭގައި ފުރިހަމަ މީހަކަށް ވުމަށް ވެސް ކުރަން އޮތް ކަމަކީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިކަން އަދާކުރުމެވެ. ﷲ ތައާލާ އާއި އޮންނަން ޖެހޭ ގުޅުންތައް ބަދަހިކުރުމެވެ. އެކަންކަން ޙާޞިލުކުރެވޭނީ ހަމައެކަނި ތަޤްވާވެރިކަމުންނެވެ. ކޮންމެ މީހަކަށް އެންމެ މުހިންމު ކަމަކީ ތަޤްވާވެރިކަން ކަމުގައި ވަނީ މިފަދަ ސަބަބުތަކަށްޓަކައެވެ.

ހޯދޭ ކުރިއެރުން ދަމަހައްޓަން ކިތަންމެ ވަރަކަށް ބޭނުންވި ނަމަވެސް ދާދި އަވަހަށް އެމީހަކާއި ވަކިވެގެންދާނެއެވެ. އެމީހަކު ދަމަހައްޓަން ބޭނުންނަމަ ވަކިވެގެން ނުދާނީ ހަމައެކަނި ތަޤްވާވެރިކަމެވެ. ތަޤްވާވެރި ވެވޭނީ އިސްލާމް ދީނަށް އަމަލުކޮށްގެންނެވެ. ކީރިތި ޤްރުއާނަށް ޢަމަލުކޮށްގެންނެވެ. މަޝްހޫރު މީހުންގެ ފަހަތުން ހިނގައި އެމީހުންގެ ވަށައިގެން މުގޯލި އަޅައިގެނެއް ނޫނެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން