އުރީދޫގެ ފަން ރަންގެ ބިބްގައި އަމިއްލަ ނަން ޖެހުމުގެ ލިމިޓެޑް ޓައިމް އޮފަރއެއް ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
އުރީދޫގެ ފަން ރަންގެ ބިބްގައި އަމިއްލަ ނަން ޖެހުމުގެ ލިމިޓެޑް ޓައިމް އޮފަރއެއް ހުޅުވާލައިފި

އުރީދޫ މޯލްޑިވްސް އިން ބާއްވާ އެންމެ މަގުބޫލު އެއް އިވެންޓް ކަމަށްވާ ފަން ރަން 2025 ގައި ބައިވެރިވާ ފަރާތްތަކަށް ހާއްސަ ލިމިޓެޑް ޓައިމް އޮފަރއެއް ތައާރަފްކޮށްފި އެވެ. މި އޮފަރގެ ދަށުން، ފަން ކިޓް ގަންނަ ފަރާތްތަކަށް އެމީހުންގެ ބިބްގައި އަމިއްލަ ނަން ޖެހުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މިއީ ދުވުމުގެ ތަޖުރިބާ އިތުރަށް ހާއްސަކޮށްލުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

އުރީދޫ ފަން ރަން 2025 ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ 19، 2025 ގަ އެވެ. މި އަހަރުގެ އިވެންޓަށް ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ބިބް ޕާސަނަލައިޒް ކުރުމުގެ މި ލިމިޓެޑް ޓައިމް އޮފަރ ބޭނުންކުރެވޭނީ 14 ނޮވެމްބަރ 2025 ގެ 23:59 ގެ ކުރިން ފަން ކިޓްތަކަށް އޯޑަރު ކުރާ ފަރާތްތަކަށެވެ.

ބިބްގައި ނަން ޖެހުމުގެ މި ހާއްސަ ފުރުސަތު ބޭނުންކުރުމަށްޓަކައި، ބައިވެރިން އުރީދޫ ފަން ރަންގެ ވެބްސައިޓް (ore.do/funrun-2025) މެދުވެރިކޮށް އޯޑަރު ކުރަން ޖެހެ އެވެ. އޯޑަރު ކުރާ އިރު ބޭނުންވާ ކިޓާއި ސައިޒް ނެގުމަށްފަހު، އެއީ ކާޓަށް އެޑް ކުރަން ޖެހޭނެ އެވެ. އެންމެ މުހިންމު ކަމަކީ، ބިބްގައި ޖެހޭނެ ނަން (ގިނަވެގެން 7 އަކުރު) "ސްޕެޝަލް އިންސްޓްރަކްޝަން ބޮކްސް" ގައި ލިޔެ، ފައިސާ ދައްކައި އޯޑަރ ކޮންފާމް ކުރުމެވެ.

އުރީދޫ ފަން ރަންގައި ބައިވެރިވެ، އަމިއްލަ ނަމުގެ ބިބަކާއެކު ދުވުމުގެ މި ހާއްސަ ފުރުސަތަކީ ވަކި މުއްދަތަކަށް ހުޅުވާލެވިފައިވާ ފުރުސަތެއް ކަމަށްވުމުން، ޝައުގުވެރިވާ ފަރާތްތަކުން ލަސްނުކޮށް މި ފުރުސަތުގެ ބޭނުން ހިފުމަށް އުރީދޫން ވަނީ އިލްތިމާސްކޮށްފަ އެވެ. މިއީ ރާއްޖޭގެ އެންމެ މަޖާ ދުވުމުގައި ބައިވެރިވުމުގެ އިތުރުން ހަނދާންތައް އާކޮށްލުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

މިއަދު އޮންލައިން