މީދޫގައި މިފްކޯއިން ޤާއިމުކުރި 30 ޓަނުގެ އައިސްޕްލާންޓާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީ ރަސްމީކޮށް ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
މީދޫގައި މިފްކޯއިން ޤާއިމުކުރި 30 ޓަނުގެ އައިސްޕްލާންޓާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީ ރަސްމީކޮށް ހުޅުވައިފި

ދ. މީދޫގައި މޯލްޑިވްސް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް ކޯޕަރޭޝަން (މިފްކޯ) އިން ޤާއިމުކުރި 30 ޓަނުގެ އައިސްޕްލާންޓާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީ މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މި ފެސިލިޓީ ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓަރ އަޙްމަދު ޝިޔާމެވެ.

މިފްކޯއިން ދ. މީދޫގައި ޤާއިމުކުރި މި އައިސްޕްލާންޓަކީ ދުވާލަކު 30 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން ލިބިފައިވާ ޕްލާންޓެކެވެ. މީގެ އިތުރުން، މަސްވެރިންނަށް ބޭނުންވާ މިންވަރަށް އައިސް ރައްކާކުރުމަށްޓަކައި 50 ޓަނުގެ އައިސް ސްޓޯރޭޖެއްވެސް ވަނީ މި ޕްލާންޓާއެކު ޤާއިމްކޮށްފައެވެ. މިކަމުގެ ސަބަބުން ދ. އަތޮޅުގެ މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މި ރަސްމިއްޔާތުގައި މިފްކޯގެ އިސްވެރިންނާއި ސަރުކާރުގެ ބައެއް އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން، މިފްކޯގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަޑް) ފަރުހަތު ޝަހީރު، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޙް މުޙައްމަދު ލަޠީފް އަދި މީދޫ ކައުންސިލްގެ ރައީސް ވަނީ މި ހަފްލާގައި ބައިވެރިވެވަޑައިގެންފައެވެ.

މިފަދަ ޒަމާނީ ފެސިލިޓީތައް ޤާއިމުކުރުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ހަރުދަނާކޮށް، މަސްވެރިންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ފިޔަވަޅެކެވެ. މި ޕްލާންޓުގެ ސަބަބުން ދ. އަތޮޅުގެ މަސްވެރިންނަށް އައިސްގެ ލުއިފަސޭހަ ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

މިއަދު އޮންލައިން