އަންނަ އަހަރަށް ހުށަހެޅި ބަޖެޓަކީ ހުރިހާ ގޮތަކުންވެސް ވަރަށް ފުރިހަމަ، އިޤްޠިޞޯދަށް ފައިދާކުރާނެ ބަޖެޓެއް ކަމަށް ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ ވިދާޅުވީ އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަކީ ދަރަނި ޖަމާވެ ބޮޑުވަމުން ދިއުން ހުއްޓުވުމަށާއި، އިގްތިސާދީ އިންތައް ހިފަހައްޓައި ދެމެހެއްޓުމާއި، ދައުލަތުގެ މާލީ ޒިންމާ ކަށަވަރުކުރުމަށް އެކުލަވާލާފައިވާ ބަޖެޓެއް ކަމަށެވެ.
އަންނަ އަހަރަކީ ގިނަ ދަރަނިތަކެއް އަދާކުރަންޖެހޭ އަހަރަކަށްވުމާއިއެކު އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ ދަރަނި ކެނޑުމަށްފަހު މިއަހަރުގެ ބަޖެޓަށްވުރެ 1.6 ބިލިއަން ރުފިޔާ ކުޑަ ބަޖެޓެއްކަންވެސް ހުސައިން ފަހުމީ ވަނީ ފާހަކަކުރައްވާފައެވެ.
އަންނަ އަހަރަކީ ދަރަނިއަދާކުރަން ބޮޑު އަދަދެއްގެ ފައިސާ ދައްކަންޖެހޭ އަހަރަކަށްވުމުން ސަރުކާރުންވަނީ ކުރިއާލައި އެކަމަށް ތައްޔާރުވެފައެވެ. އިޤްޠިޞޯދީ މާހިރުން ފާހަގަކުރައްވާ ގޮތުގައި ކުރީ ސަރުކާރުން ރެކޯޑް ޢަދަދަކަށް ދަރަނި ނަގާފައިވާއިރު ދަރަނި އަނބުރައި ދެއްކޭނެ އެއްވެސް ކަމަށް އިންވެސްޓްކޮށްފައި ނެތްކަން އެއީ ޤައުމުގެ އިޤްޠިޞޯދަށް ލިބިފައިވާ އެންމެ ބޮޑު ގެއްލުމެވެ.