ނަމާދުގަ އިމާމް ކަނޑައަޅަން ބަލަންވީ ކޮންކަމަކަށްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
ނަމާދުގަ އިމާމް ކަނޑައަޅަން ބަލަންވީ ކޮންކަމަކަށްތަ؟

ޢަމްރު ބުނު ސަލަމާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އަހުރެންގެ ރަށުމީހުން އައިސް އެމީހުން ބުންޏެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިފަދައިން ޙަދީޘްކުރެއްވިއެވެ.  

"ތިޔަބައިމީހުން، ތިޔަބައިމީހުންގެ ތެރެއިން އެންމެ ބޮޑަށް ޤުރުއާން ދަސް މީހާ އިމާމަކަށް ހަދާށެވެ."  

ޢަމްރު ވިދާޅުވިއެވެ. "ދެން އަހުރެންގެ ޤައުމުގެ މީހުން އަހުރެންނަށް ގޮވައި ގެންގޮސް ރުކޫޢުކުރާނޭ ގޮތާއި ސަޖިދަކުރާނޭގޮތް ދަސްކޮށްދީފިއެވެ. ފަހެ އަހުރެން އެބައިމީހުންގެ އިމާމަކަށް ނަމާދުކުރީމެވެ." 

عَنْ عَمْرِو بْنِ سَلمَةَ رضي الله عنه قَالَ : لَمَّا رَجَعَ قَوْمِي مِنْ عِنْدِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالُوا إِنَّهُ قَالَ : لِيَؤُمَّكُمْ أَكْثَرُكُمْ قِرَاءَةً لِلْقُرْآنِ . قَالَ : فَدَعَوْنِي فَعَلَّمُونِي الرُّكُوعَ وَالسُّجُودَ ، فَكُنْتُ أُصَلِّي بِهِمْ . {رواه البخاري (4302) وأبو داود (585) والنسائي (767)}  

ޞަޙީޙުލް ބުޚާރީގެ ރިވާޔަތުގައި ވެއެވެ. "ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، "ފަހެ ނަމާދު ވަޤުތުވެއްޖެނަމަ، ތިޔަބައިމީހުންގެ ތެރެއިން އެންމެ ބޮޑަށް ޤުރުއާން ދަސް މީހާ އިމާމަކަށް ހަދާށެވެ."، މިހެން ޙަދީޘްކުރެއްވި ވާހަކަ ދެންނެވުމުން، ރަށުމީހުން، އެމީހުންގެ ތެރެއިން ހޯދާ ބެލިއިރު، އަހުރެންނަށްވުރެ ބޮޑަށް ޤުރުއާން ދަސް މީހަކު އެމީހުންގެ ތެރޭގައި ނެތެވެ. ދެން އެބައިމީހުން، އިމާމަކަށް އަހަރެން އިސްކޮށްފިއެވެ. އޭރު އަހަރެންގެ ޢުމުރަކީ ހައެއް ނުވަތަ ހަތް އަހަރެވެ." 

الشيخ محمد شافع

 

މިއަދު އޮންލައިން