ބަލިވެ އިނުމުން ނުވަތަ ވިހަން ކައިރިވުމުން އުފުލަންޖެހޭ ވޭންތައް ކިތަންމެ ބުރަނަމަވެސް ހަމަހޭ ހުރިނަމަ ނަމާދު ނާޅާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ބަލިވެ އިނުމުން ނުވަތަ ވިހަން ކައިރިވުމުން އުފުލަންޖެހޭ ވޭންތައް ކިތަންމެ ބުރަނަމަވެސް ހަމަހޭ ހުރިނަމަ ނަމާދު ނާޅާށެވެ!

އަންހެނަކު ބަލިވެއިން ޥާހަކަ ދައްކާލުމަކީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. އުނދަގޫ ކަމަކަށްވަނީ ވޭންތައް ތަޙައްމަލުކުރަމުންދާ އަންހެނުންނަށް އަންހެނުންނަށް އަޅާ ވޭނުގެ ގަދަކަން އިޙްޞާޞްކުރުމެވެ.  

ބަލިވެ އިނދެ ވޭންއަޅަމުންދާ ވަޤުތުތަކުގައި ނަމާކުރާއިރު ޚުޝޫޢަތްތެރި ނުވެވޭތީ އެޙާލުތައިވެސް ނަމާދުކުރަންޖެހޭނެތޯ ބައެއް ކިޔުންތެރިން މިހާރުވެސް ސުވާލުކުރައްވަމުން ގެންދަވާތީ ކަން އޮތް ގޮތް ހާމަކޮށްލާނަމެވެ. އިން ޝާ ﷲ   

"އަޅުގަނޑަކީ ދުވަސްފުރައި ވިހަން ގާތްވެފައި އިން އަންހެނަކީމެވެ. ބަނޑަށް ހަމަހުންސުރެ ވަރަށް ބަލިހާލުގައި އުޅެމުން އައިސް މިދުވަސްކޮޅު އުޅެންޖެހިފައިވަނީ ވަރަށް ވޭނުގައެވެ. އަޅާވޭނުގެ ސަބަބުން ޚުޝޫޢަތްތެރިވެސް ނުވެވެއެވެ. މިޙާލުގައިވެސް ނަމާދުކުރަންޖެހެނޭތޯ؟" 

މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ކުރައްވާފައިވާ ސުވާލެކެވެ.   

ޑރ. މުޙައްމަދު އިޔާޟް ޢަބަދުއްލަޠީފް ދެއްވާފައިވާ މި ޖަވާބުން ސުވާލުގެ ޖަވާބު ލިބިގެންދާކަން ފާހަގަކުރެވެއެވެ.   

"މާބަނޑު އިރު ދިމާވާ ޚާއްޞަ ޙާލަތަކާއި ގުޅިގެން ނަމާދުގައި ޚުޝޫޢަތްތެރި ނުވެވުނު ނަމަވެސް އެއީ މައްސަލައެއް ނޫނެވެ. އެހެނީ ނަމާދުގައި ޚުޝޫޢަތްތެރި ނުވެވެނީ ޙާލަތު ހުރި ގޮތުނަކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ އެކަމާއި ހާސްވެ ކަންބޮޑުވާކަށް ނުޖެހެއެވެ."

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ "މާބަނޑު ދުވަސްވަރު ވާއުނދަގޫތަކުގެ ސަބަބުން ނަމާދުގައި ހުންނައިރު ބައެއް ފަހަރު ޚުޝޫޢަތްތެރި ނުވެވޭ ކަމަށާއި އެހާލަތުގައި ކުރާ ނަމާދު ޤަބޫލުފުޅު ކުރައްވަވާނެ ކަމާއިމެދު ސުވާލު އުފެދޭ" ކަމަށް ބުނެ މީހަކު ކުރި ސުވާލެއްގެ ޖަވާބުގައެވެ.  

ޑރ. އިޔާޟް ގެ ބަސްފުޅުން އެނގެނީ ވޭން އެޅި ނަމަވެސް ކިރިޔާވެސް ކުރެވޭނަމަ ނަމާދުކުރަން ޖެހޭނެ ކަމެވެ. ނަމާދު ނުކޮށް ދޫކޮށްލަން ޖެހޭނީ ދެން އެހެން ގޮތެއް ނެތިގެން ކަމެވެ. ވީމާ ކިރިޔާ ކަމެއް މެދުވެރިވާއިރަށް އެކަން ބަހަނާއަކަށް ދައްކައި ނަމާދުކުރަން ފަސްޖެހޭ މީހުން އިތުރަށް ވިސްނައިލުން ރަނގަޅެވެ.

މިއަދު އޮންލައިން