ރިޝްވަތުދިނުމާ ރިޝްވަތުހިފުމަކީ ތިމާ އެންމެ ލޯބިވާ އަނބިދަރިންވެސް ނަރަކައަށް ވައްޓައލެވޭ ބޮޑު ފާފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ރިޝްވަތުދިނުމާ ރިޝްވަތުހިފުމަކީ ތިމާ އެންމެ ލޯބިވާ އަނބިދަރިންވެސް ނަރަކައަށް ވައްޓައލެވޭ ބޮޑު ފާފައެއް!

ރިޝަވތު ދިނުމާ ރިޝްވަތުހިފުމުގެ ހުރިނުބައިކަމުގެ ވާހަކަ ގިނަ ބައަކު އަޑުއަހަންވެސް ބޭނުމެއް ނުވެއެވެ. އެހެންކަމާއިއެކުވެސް އެވާހަކަ ނުދައްކައި ތިބެވޭކަށް ނެތެވެ. އެކަން ފެތުރި ޢާންމުވަމުން އަންނަވަރު ބޮޑުކަމުންނެވެ.  

ކޮރަޕްޝަން ނުވަތަ ފަސާދަ ޢާންމުވެފައިވާ މިންވަރުން އެއާއިނުލައި ދިރިއުޅެން އުނދަގޫވާ ޙާލަތަށް ކަންކަން މިވަނީ ގޮސްފައެވެ. ރިޝަވަތު ދިނުމާއި ރިޝްވަތުހިފުމަކީ ޙަރާމްކަމެއްކަމަށް ޤަބޫލުކުރަނީވެސް މަދު މީހެކެވެ.  

ކަމެއް އެމީހަކު ބޭނުންވާ ގޮތަށް ކުރުވުމަށްޓަކައި މަދު ޢަދަދަކުން ރިޝަވަތު ހުށަހަޅައިފިނަމަ އެއީ ފާފައެއް ކަމަށް ބުނެ ހިފަން ފަސްޖެހިދާނެއެވެ. ނަމަވެސް ބޮޑެތި ޢަދަދުތަކުން ހުށަހަޅައިފިނަމަ އޮންނަނީ ޤަބޫލުކުރެވިފައެވެ. ބޮޑެތި ޢަދަދުތައް ހުށަހެޅީމާ އެއީ ފާފައެއް ކަމަކަށް ނުބުނެވެއެވެ. އެއީ އޭނާގެ ދީލަތިކަންކަމަށް ބުނެ އަވަސްއަވަހަށް ހަދިޔާ ބަލައިގަނެއެވެ.  

ނިކަން ވިސްނައިލަބަލާށެވެ! ޤުރައިޝުން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ހުށަނާޅަނީ ކޮންއެއްޗެއް ހެއްޔެވެ؟ އެންމެ ތަނަވަސް މީހަކަށް ހަދައިދޭން ހުށަހެޅިއެވެ. އެމީހުންގެ ވެރިކަން ދޭން ހުށަހެޅިއެވެ. ބޭނުންފުޅުވަރަކަށް އަނބިންދޭން ހުށަހެޅިއެވެ.  

ޖަވާބުގައި ވިދާޅުވީ ކީކޭކަން އެނގޭ ނޫންހެއްޔެވެ؟ ވިދާޅުވީ އެއް އަތްޕުޅަށް ދުނިޔެ ލައިދިނަސް ﷲ ތަޢާލާގެ މަގުގައި ދީނަށް ގޮވާލެއްވެވުން ހުއްޓަވައި ނުލައްވަވާނެ ކަމަށެވެ.  

މީސްތަކުންނޭވެ! އިޞްލާޙްކުރާށެވެ! އިޞްލާޙްވާށެވެ! ބިރުވެތިވާށެވެ! ރިޝްވަތު ހިފުމާއި އަދި ރިޝްވަތު ދިނުމަކީވެސް ތިމާގެ ދިރިއުޅުން ހަލާކުވެ ތިމާއަށާއި އަނބިދަރިންނަށްވެސް ނަރަކައަށް ވަންނަން ޖެހިދާނެކަމެކެވެ. އެއީ ކާކު ބޭނުންވާނެ ގޮތެއް ހެއްޔެވެ؟

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން