ޤައުމު އާރާސްތުކުރުމުގެ އެންމެ ވަރުގަދަ މޭސްތިރިންނަކީ މުދައްރިސުން: މިނިސްޓަރ އާދަމް ޝަރީފު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ޤައުމު އާރާސްތުކުރުމުގެ އެންމެ ވަރުގަދަ މޭސްތިރިންނަކީ މުދައްރިސުން: މިނިސްޓަރ އާދަމް ޝަރީފު

ޤައުމު އާރާސްތުކުރުމުގެ އެންމެ ވަރުގަދަ މޭސްތިރިންނަކީ މުދައްރިސުން ކަމަށް، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ ވިދާޅުވީ، ދިވެހިންނަކީ ތަޢުލީމަށް ވަރަށް ބޮޑަށް ލޯބިކުރާ ބައެއް ކަމަށެވެ. އެ ގޮތުން ސްކޫލުތަކުގެ ޕޭރެންޓް ޓިޗަރސް އެސޯސިއޭޝަން (ޕީ.ޓީ.އޭ) އިން ބާއްވާ ބައްދަލުވުންތަކުން ވެސް ހާމަވެގެންދަނީ ދިވެހީންގެ މެދުގައި ތަޢުލީމަށް އޮންނަ ލޯބިކަމަށެވެ.

މީގެ ކުރިން މުދައްރިސުކަމާއި، ޕްރީންސިޕަލްކަން ކުރެއްވުމުގެ އިތުރުން ތަޢުލީމީ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ މިނިސްޓަރ އާދަމް ޝަރީފު ވަނީ ދަރިވަރުންނަށް އުނގަންނައިދިނުމަށް ޓަކައި، މުދައްރިސުން ރެއާދުވާލު ކުރައްވަމުން ގެންދަވައި މަސައްކަތް ފާހަގަކުރައްވާފައެވެ. މުދައްރިސުންގެ މަސައްކަތަށް ތަޢުރީފުކުރައްވާ އެ މަނިކުފާނު ވިދާޅުވީ އެ ފަރާތްތަކުގެ ޚިދުމަތުގެ އަގު އަބަދުވެސް ވަޒަންކުރަން ޖެހޭ ކަމަށެވެ.

އެ މަނިކުފާނުގެ ވާހަކަފުޅު ނިންމަވައިލެއްވީ ރެހެންދި ސްކޫލަށް ގިނަ ކާމިޔާބީތަކެއް ލިބޭނެ ކަމުގެ އުއްމީދު ކުރައްވަމުންނެވެ.

މިއަދު އޮންލައިން