ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން 2032 ފަރާތަކަށް ގޯތީގެރަޖިސްޓްރީ ދޫކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 59ސ
ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން 2032 ފަރާތަކަށް ގޯތީގެރަޖިސްޓްރީ ދޫކޮށްފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން މިހާތަނަށް ޖުމްލަ 2032 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވާ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިއީ އެ ސްކީމްގެ ދަށުން ގޯތި ލިބުނު ރައްޔިތުންނަށް ގޯތީގެ ވެރިފަރާތްކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ލިބުނު މުހިންމު ކުރިއެރުމެކެވެ.

ވުޒާރާއިން ދެއްވި މައުލޫމާތުގައިވާ ގޮތުން، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ޖުމްލަ 2032 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައިވެއެވެ. މި މަސައްކަތް ކުރިއަށްދަނީ ވަރަށް ބާރަށް ކަމަށާއި، ބާކީ ތިބި ފަރާތްތަކަށް ވެސް އަވަހަށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ.

ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރަން ފަށާފައިވަނީ މިދިޔަ ޖުލައިމަހުގެ 12 ވަނަ ދުވަހުއެވެ. މި ސްކީމްގެ ދަށުން މާލެ ސަރަހައްދުގެ ގިނަ އަދަދެއްގެ ރައްޔިތުންނަށް ގޯތި ވަނީ ލިބިފައެވެ.

އަދި މިއީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު މަރުހަލާއެކެވެ.

މިއަދު އޮންލައިން