އެންމެންގެ ސަމާލުކަމަށް!: ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް "ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ" ތަންފީޒުކުރަންފަށައިފި!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
އެންމެންގެ ސަމާލުކަމަށް!: ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް "ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ" ތަންފީޒުކުރަންފަށައިފި!

ދުންފަތް ކޮންޓްރޯލްކުރުމާއިބެހޭ ޤާނޫނު 15/2010 އަށް ގެނެވުނު 2 ވަނަ އިޞްލާޙުހާއި ގުޅިގެން، ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ކަންކަމަށް 1 ނޮވެންބަރު 2025 ވަނަ ދުވަހުން ފެށިގެން އަމަލުކުރެވެމުންދާނެއެވެ.

"ޖެނެރޭޝަނަލް ބޭން" ގެ އުޞޫލަކީ، ކަނޑައެޅޭ ވަކި ތާރީޙަކުން ފެށިގެން އުފަންވެފައިވާ ކޮންމެ މީހަކީ މުޅި އުމުރަށްވެސް ދުންފަތުން ރައްކާތެރި ކުރެވިފައިވާ ފަރާތެއްކަށް ކަށަވަރު ކުރުމެވެ. ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާހުގައި ބަޔާންކުރާގޮތުން،  1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ފަރާތްތައް ދުންފަތުގެ އިސްތިޢުމާލުކުރުމާއި، ދުންފަތުގެ ވިޔަފާރީގެ އެއްވެސް މުޢާމަލާތެއްގައި ބައިވެރިވުމާއި ބައިވެރިކުރުމަކީ މަނާކަމެކެވެ. އަދި އުމުރު ޔަޤީންކޮށް، ޤާނޫނާ ތަޢާރުޒު ނުވާކަން ކަށަވަރުކުރުމަށްފަހުގައި މެނުވީ ނިވިއްކުމަކީ، ތަކެތި ވިއްކާ ފަރާތުގެ ލާޒިމުވެއެވެ.

ވީމާ، ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރާ ފަރާތްތަކުންނާއި ޤާނޫނު ތަންފީޒު ކުރުމުގެ ޒިންމާ ޙަވާލުކުރެވުފައިވާ ފަރާތްތަކާއި، އަދި އެންމެހާ ރައްޔިތުން ޤާނޫނަށް މިގެނެވުނު އިސްލާހު ތަންފީޒުކުރުމާ ގުޅޭ ކަންކަމަށް އަހުލުވެރިވެ، ޤާނޫނާއި އެއްގޮތަށް ޢަމަލުކުރުމަށް ބާރުއެޅުމުގެ ގޮތުން މިކަން ހަނދާންކޮށްދެމެވެ.

މި ސިޔާސަތު ކާމިޔާބު ކުރުމަށް މުޖްތަމަޢުގެ ހުރިހާ ފަރާތެއްގެ އެއްބާރުލުން ބޭނުންވެއެވެ. އަދި ވަކިން ޙާއްޞަކޮށް ދުންފަތުގެ ވިޔަފާރި ކުރައްވާ ހުރިހާ ފަރާތަކުން މި ދެންނެވުނު ކަންކަމަށް ސަމާލުކަންދިނުމަށް ހަނދާންކޮށްދެމެވެ.

 

- އެޗް.ޕީއޭ

މިއަދު އޮންލައިން