ސުންނަތަށް ދެކޮޅު ނުހަދަމާ!: އީމާންކަން ފުރިހަމަކުރެވޭނީ ރަސޫލާ ޞޢޥ އަށް ތަބަޢަވެގެން-

ކިޔުމަށް ހޭދަވާނީ 2މ 39ސ
ސުންނަތަށް ދެކޮޅު ނުހަދަމާ!: އީމާންކަން ފުރިހަމަކުރެވޭނީ ރަސޫލާ ޞޢޥ އަށް ތަބަޢަވެގެން-

ޢާއިޝަތު ރަފާޙް ޢަލީ

 

ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ ގާތަށް ރަސޫލުން ފޮނުއްވީ ރަނގަޅު މަގު ދެއްކެވުމަށެވެ. އެގޮތުން ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމައަކީ އެންމެ ފަހުގެ ނަބިއްޔާއެވެ. އަދި އެކަލޭގެފާނު އަމުރުކުރެއްވި ކޮންމެ ކަމެއް އަޅުގަނޑުމެން ތަބަޢަވާން ޖެހެއެވެ. 

އެހެންކަމުން މި ލިޔުމުގައި މިބަޔާން ކޮށްލަނީ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އަށް ތަބަޢަވުމުގެ މުހިއްމުކަމާއި ބެހޭގޮތުން އައިސްފައިވާ ބައެއް ޙަދީޘުފުޅުތަކެވެ.  

ރަސޫލާ ޙަދީޘުފުޅު ކުރައްވާފައިވެއެވެެ.

· ما أمرتُكم بهِ فخُذوه ، و ما نَهيتُكم عنهُ فانتَهُوا

މާނައީ: "ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް އަމުރުކުރެއްވި ކޮންމެ ކަމެއްގައި ތޮޔަބައިމީހުން ހިފާށެވެ. އަދި ތިމަންކަލޭގެފާނު މަނާކުރެއްވި ކޮންމެ ކަމަކުން ދުރުވާށެވެ."

الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net)  

· ((لا يؤمن أحدكم حتى أكون أحبَّ إليه من ولده ووالده والناس أجمعين)).

މާނައީ: "އެމީހެއްގެ ބައްޕައާއި ދަރިފުޅާއި އެންމެހާ މީސްތަކުންނަށްވުރެ ބޮޑަށް އެމީހެއްގެ ގާތުގައި ތިމަންކަލޭގެފާނު ދެކެ ލޯބިވެއްޖެއުމަށް ދާންދެން ތިޔަބައިމީހުންކުރެ އެކަކުވެސް އީމާންވި ކަމުގައި ނުވެއެވެ."

حديث: لا يؤمن أحدكم حتى أكون أحب إليه من ولده ووالده والناس أجمعين (alukah.net)  

· لا يُؤمِنُ أحدُكُم حتَّى يكونَ هواهُ تَبَعًا لما جئتُ بهِ

މާނައީ: "އެމީހެއްގެ ހަވާނަފްސު ތިމަންކަލޭގެފާނު ގެނެސްދެއްވި އިރުޝާދުތަކަށް ތަބަޢަވެއްޖެއުމަށް ދާންދެން ތިޔަބައިމީހުންކުރެ އެކަކުވެސް އީމާންވިކަމުގައި ނުވެއެވެ."

الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net)

 

މިއަދު އޮންލައިން