ސުވަރުގެ ހޯދަން ދުނިޔޭގައި އަހުރެމެން ކުރާ މަސައްކަތްތަކަށް ﷲ ތަޢާލާ ދެއްވަވާނެ އުޖޫރައިގެ ކުޑަކުޑަ މިންވަރެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ސުވަރުގެ ހޯދަން ދުނިޔޭގައި އަހުރެމެން ކުރާ މަސައްކަތްތަކަށް ﷲ ތަޢާލާ ދެއްވަވާނެ އުޖޫރައިގެ ކުޑަކުޑަ މިންވަރެއް!

ކީރިތި ޤުރްއާނާއި ޙަދީޘްފުޅުތައް ބަލާށެވެ! އެއިރުން އެނގޭނެއެވެ. 

ސުވަރުގޭގައި ވަރުބަލިވުމެއް ނެތެވެ. ދައުހިއްލުމެއް ނުވެއެވެ. ނުބައިވަސްދުވުމެއް ނެތެވެ. ދުވާނީ ހިތްފުރިގެންދާފަދަ މީރުވަހެވެ. ފެންވަރާކަށް ނުޖެހެއެވެ. އެއްވެސް މީހަކު މުސްކުޅިވުމެއް ނެތެވެ. އަބަދުވެސް ދާނީ ޒުވާންކަން އިތުރުވަމުންނެވެ. 

ނުބައި ބަސްތަކުގެ އަޑެއް ނުއިވޭނެއެވެ. އަނިޔާވެރި އެއްވެސް ޢަމަލެއް ނުހިނގާނެއެވެ. އެވެސް މީހަކަށް އެއްވެސް މަސައްކަތެއްކުރާކަށް ނުޖެހޭނެއެވެ. އެއްވެސް އެއްޗެއް ގަންނަން އެއްވެސް ފައިސާއެއް ބޭނުމެއް ނުވާނެއެވެ. ކޮންމެ މީހަކަށްވެސް އަމިއްލަ ގަނޑުވަރެއް ހުންނާނެއެވެ. އިށީނދެ އޮށޯވެ ހަދަން ހުންނާނީ އެންމެ އަގުބޮޑު ޖަވާހިރުން ޖަރީކުރެވިފައިވާ ތަންމަތިތަކެވެ. 

ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުންވާ ކޮންމެ އެއްޗެއްވެސް ކާންލިބޭނެއެވެ. ކައްކާކަށް ނުޖެހޭނެއެވެ. ތަށިތެލި ދޮންނާކަށް ނުޖެހޭނެއެވެ. އެމީހެއްގެ މަގީޗާގައި މޭވާތައް ހެދިފައި ހުންނާނެއެވެ. ކާންބޭނުންވުމުން އެމީހަކާއި ހަމައަށް އެމޭވާއެއް އަންނާނެއެވެ. 

އެންމެ ބޮޑު އުފާވެރިކަމަކީ މިފަދަ މަތިވެރި ނިޢުމަތްތަކާއިއެކު މަރުވުމެއް ނެތި ދާއިމަށް ދެމިތިބެވޭނެ ކަމެވެ. 

މީސްތަކުންނޭވެ! ސުވަރުގެ ވައްދަވައިފިނަމަ އެމީހަކު ބޭނުން ކޮންމެ ކަމެއް ވަޤުތުން ދާނީ ޙާޞިލުކުރެވެމުންނެވެ. އެއްވެސް ނިޢުމަތެއް ހޯދަން މަސައްކަތެއް ކުރަން ނުޖެހޭނެއިރު އިންތިޒާރުކުރާކަށްވެސް ނުޖެހޭނެއެވެ. 

މިއީ ސުވަރުގެ ހޯދަން ދުނިޔޭގައި އަހުރެމެން ކުރާ މަސައްކަތްތަކަށް ﷲ ތަޢާލާ ދެއްވަވާނެ އުޖޫރައިގެ ކުޑަކުޑަ މިންވަރެކެވެ. ލިބިގަތުމާއި ނުގަތުން އޮތީ އެމީހެއްގެ އަތްމަތީގައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން