"ޖެނަރޭޝަނަލް ބޭން" އާ ގުޅިގެން ބޭއްވި ޚާއްސަ ޓެލެތޯން ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
"ޖެނަރޭޝަނަލް ބޭން" އާ ގުޅިގެން ބޭއްވި ޚާއްސަ ޓެލެތޯން ނިންމާލައިފި

ރާއްޖޭގެ އެކި މީޑިއާތައް ގުޅިގެން ކުރިއަށްގެންދިޔަ "ޖެނަރޭޝަނަލް ބޭން" އާ ގުޅޭ ޚާއްސަ ޓެލެތޯން ނިންމާލައިފިއެވެ.

މި ޓެލެތޯންގެ މައިގަނޑު މަޤްޞަދަކީ، ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި ހޭލުންތެރިކަން އިތުރުކުރުމެވެ.

މި ޤާނޫނުގެ ދަށުން، 1 ޖެނުއަރީ 2007އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު 1 ނޮވެންބަރު 2024 އިން ފެށިގެން ދުންފަތުގެ އިސްތިޢުމާލުކުރުން މަނާވާނެއެވެ. މި ބަދަލަށް އާންމުން ތައްޔާރުކުރުމަށްޓަކައި، މީޑިއާތަކުން މި ޚާއްސަ ޓެލެތޯން ފަށާފައިވަނީ ހުކުރު ދުވަހުގެ ހަވީރު 3:45ގައެވެ.

ޓެލެތޯންގެ ތެރެއިން، ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނާ ގުޅުންހުރި މުހިންމު ފަރާތްތަކުގެ އިންޓަވިއުތައް ވަނީ ގެނެސްދީފައެވެ. މީގެ ތެރޭގައި، ދުންފަތުގެ އިސްތިއުމާލާ ގުޅޭގޮތުން ސިއްޙީ އަދި ދީނީ ގޮތުން މުހިންމު މަޢުލޫމާތުތައް ވެސް ހިމެނެއެވެ. މި މަޢުލޫމާތުތައް ފޯރުކޮށްދިނުމުގެ މަޤްޞަދަކީ، ދުންފަތުގެ އިސްތިޢުމާލުގެ ނުރައްކާތެރިކަން އާންމުންނަށް އިތުރަށް ހާމަކޮށްދިނުމެވެ.

އަދި މި ޚާއްސަ ބައިގައި، ޒުވާނުންނާއި ބެލެނިވެރިންނާއި ސްކޫލް ދަރިވަރުންގެ ޝުޢޫރުތައް ވެސް ވަނީ ހިމަނާފައެވެ. މީގެ ސަބަބުން، މި ގާނޫނަށް އަމަލުކުރަން ފެށުމުން، މުޖުތަމަޢުގެ އެކި ފަށަލަތަކަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން ހިޔާލުތައް ބަދަލުކޮށް، މައުލޫމާތު ފޯރުކޮށްދިނުމަށް އެހީތެރިވެފައިވެއެވެ.

މިއަދު އޮންލައިން