ތިބާ ފަތިސްނަމާދަށް ހޭލަން ަމސައްކަތްކުރިއެވެ. ނަމަވެސް ނުހޭލެވުނީއެވެ. ހޭލެވުނޫ އިރުއެރިތަނާއެވެ. އެޙާލަތުގައި ނަމާދުނުކޮށް އަލުން ނިދައިފިނަމަ ފާފަވެރިވާނެއެވެ.
ސަބަބަކީ ޙަދީޘްފުޅުގައި އޮތީ ފަރުޟްނަމާދުކުރަން ހަނދާން ނެތުނުނަމަ ހަނދާންވުމުން ނަމާދުކުރަން އަވަސްވެގަތުމަށެވެ. އަދި ނިދީގެ ސަބަބުން ނަމާދުނުކުރެވުނުނަމަ ހޭލެވުމާއިއެކު އަވަހަށް ނަމާދުކުރުމަށެވެ.
ވީމާ ފަތިސްނަމާދަށް ހޭލަން މަސައްކަތްކުރުމުން ނުހޭލެވުމަކުން ފާފަވެރިއެއް ނުވާނެއެވެ. ނަމަވެސް ހޭލެވުމުން ނަމާދުކުރުން ލަސްކޮށްފިނަމަ ފާފަވެރިވާނެއެވެ. އެއީ މިޙަދީޘްފުޅަށް ޢަމަލުނުކުރީތީއެވެ.
ވީމާ ފަތިސްނަމާދަށް ނުހޭލެވިއްޖެނަމަ މެންދުރުވަންދެން ވަޤުތު އޮތްކަމަށް ބަލައި ނަމާދުނުކޮށް ނުނިދާށެވެ! ތާހިރުވެ ވުޟޫކޮށް ނަމާދުކޮށްގެން ނިދަން ބޭނުންނަމަ ނިދާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން