އުފަލުގަ ދިރިއުޅޭ ދެމަފިރިއެއްގެ ދިރިއުޅުމަށް ހުރަސްއެޅި މީހަކަށް އެކަމުގެ ހިތިކަން މިދުނިޔޭގަވެސް ނުފެނިނުދާނެކަން އެއީ ޔަޤީންކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
އުފަލުގަ ދިރިއުޅޭ ދެމަފިރިއެއްގެ ދިރިއުޅުމަށް ހުރަސްއެޅި މީހަކަށް އެކަމުގެ ހިތިކަން މިދުނިޔޭގަވެސް ނުފެނިނުދާނެކަން އެއީ ޔަޤީންކަމެއް!

ހެޔޮގޮތުގައި ލޯބިން ދިރިއުޅޭ ދެމަފިރިއެއްގެ ދެމެދަށްވަދެގަނެ އެއްވެސް ގެއްލުމެއް ދިން މީހަކަށް އުފަލުގައި ދިރިއުޅެވިދާނެ ކަމަށް ހީނުކުރާށެވެ. އެއީ އެދމަފިރިންގެ މެދުގައި ކިތަންމެ ކުޑަ މައްސަލައެއް ޖެހޭނެ ފަދަ ކަމަކުން ނަމަވެސްމެއެވެ.

އަހުރެން މިދައްކަނީ ދެއަންތބަށް ކައިވެނިކުރުމުގެ ވާހަކައެއް ނޫނެވެ. ޝަރުޠުހަމަވާ ފިރިން ގިނަ އަނބިން ހޯދުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކީ ގިނަ އަނބިން ހޯދުމަށްފަހު ޢަދުލުވެރިނުވެވޭކަމެވެ. ޢަދުލުވެރިވާނަމަ އެކަންވާނީ ކުރާ ހެޔޮ ކަމަކަށެވެ.  

މިރޭ މިދައްކަނީވެސް އެވާހަކައެއް ނޫނެވެ. ލޯބިން ދިރިއުޅޭ ދެމަފިރިންގެ ދެމެދަށް ވަދެގަނެ ފިތުނަ އުފައްދުވާ މީހުންނާއި އަދި ދެމަފިރިން ދުރުކުރުވާ މީހުންގެ ވާހަކައެވެ.  

ދުނިޔޭގައި އެކަނި ތިބި އަންހެނުންނާއި ފިރިހެނުން މަދީހެއްޔެވެ؟ އެހެން މީހަކަށް ގެއްލުން ނުދީ އުފާވެރިކަން ނުހޭދޭނީ ހެއްޔެވެ؟ އެހެންނަކުން ނުވާނެއެވެ. ކޮނަމެ މީހަކަށްވެސް އެމީހަކު ބޭނުންވާ ޒާތަކުން ބައިވެރިއަކު ހޯދުމަށް އެއްވެސް ހުރަހެއް ނެތެވެ.  

ބައެއް މުޖުތަމަޢުތަކުގައި އަންހެނުން މަދުވެދާނެއެވެ. އަދި އަނެއްބައި މުޖުތަމަޢުތަކުގައި ފިރިހެނުންވެސް މަދުވެދާނެއެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ. މުސްލިމުންނަކީ ކޮންމެހެން ވަކި ރަށަކުން ވަކިރަށެއްގެ މީހަކާއި ކައިވެނިކުރަންޖެހޭ ބައެއް ނޫނެވެ. ކޮންމެ ރަށެއްގެ ނަމަވެސް ހެޔޮލަފާ މުސްލިމަކާއި ކައިވެނިކުރުމުން ނިމުނީއެވެ.  

މިހާރަކަށް އައިސް އެކަނި ތިބި އެތައް ހާސް ބައަކު ކޮންމެ މުޖުތަމަޢުއެއްގައިވެސް އެބަ ތިއްބެވެ. ކައިވެނި ރޫޅިފައިތިބި މީހުންވެސް އެހައި ގިނައެވެ. ޙަޔާތަށް ރަނގަޅު ބައިވެރިއަކު ހޯދަން ބޭނުން ކޮންމެ މީހަކަށްވެސް އެކަމުގެ ފުރުޞަތު އެބައޮތެވެ.  

ލޮބުވެތި އެކުވެރިންނޭވެ! ދެމަފިރިއެއްގެ ދެމެދަށް ވަދެގަތުމުން އެކަމުގެ ގެއްލުން ލިބެނީ ބާކީވާ މީހާއަށް އެކަންޏެއް ނޫނެވެ. އެމީހުންގެ ކުދި ދަރިންނަށް ލިބޭ ގެއްލުން މާބޮޑެވެ. ގިނަ ފަހަރު އެހާލަތުގައި ދިރިތިއްބައި ދަރިން އެތަނީ ޔަތީމްވެގެންނެވެ. މަންމަ އާއި ބައްޕަ އެކުގައި ތިބުމުން ލިބޭނެ އުފަލުން މަޙްރޫމްކުރުވުމަކީ ކުއްޖަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާއެވެ.  

އެފަދަ ބޮޑު އަނިޔާއެއް ދީފައި އެމީހަކަށް ދުނިޔޭގައި އުފަލުގައި ދިރިއުޅެވިދާނެ ކަމަށް ހީނުކުރާށެވެ! ފަހަރެއްގައި ތަނަވަސްކަމުގައި އުޅެވިދާނެއެވެ. ނަމަވެސް ދެން ކުރިމަތިވާ މައްސަލަތަކުގެ ސަބަބުން ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. އެކަން މެދުވެރިވާނީ ކޮން ގޮތަކުންކަން ނުވެސް އެނގޭނެއެވެ.  

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން