ހަނދުމަކޮށްދިނުމެއް! ނަމާދުގަ ފަރުވާކުޑަކުރެވޭ 4 ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ހަނދުމަކޮށްދިނުމެއް! ނަމާދުގަ ފަރުވާކުޑަކުރެވޭ 4 ކަމެއް!

ނަމާދުގައި ވަރަށް ގިނަ މީހުންނަށް ފަރުވާކުޑަކޮށްލެވޭ ބައެއް ކަންކަން ބުނެލާނަމެވެ. 

ފުރަތަމަ ކަމަކީ އަވަސް އަވަހަށް ނަމާދުކުރުމެވެ. ދެވަނަ ކަމަކީ ކިޔަވާއިރު ތުންފަތް ނުތެޅުވުމެވެ. ތިންވަނަ ކަމަކީ ބަލަން ނުޖެހޭ ތަންތަނަށް ބެލުމެވެ. ހަތަރުވަނަކަމަކީ ސަޖިދައިގައި އޮންނައިރު ފައިގެ އިނގިލިތައް ތަޅުމުގައި ޖައްސަން މަސައްކަތް ނުކުރުމެވެ. 

ނަމާދުގައި ކުރެވޭ ކުށްތަކުގެ ތެރެއިން މި 4 ކުށަކީވެސް ވަރަށް ގިނަ ބައަކަށް ކުރެވޭ ކުށްތަކެކެވެ. އެހެންވީމާ ބުނެލަން އޮތީ މިފަދަ ކުށްތައް ނުކުރަން މަސައްކަތްކުރާށެވެ. ނަމާދަށް ދޭންޖެހޭ ސަމާލުކަން ދީގެން ނަމާދުކުރާށެވެ. 

އަވަސް އަވަސްކޮށް ޙަރަކާތްކޮށްގެން ނަމާދުކުރުމުން އެނަމާދު ޤަބޫލުފުޅު ނުކުރައްވަވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އަދި ނަމާދުގައި ދުލުން ކިޔަންތަކެތި ހިތުން ކިޔުމަކުން ނުފުދޭނެއެވެ. ދުލުން ކިޔޭނީ ތުންފަތް ޙަރަކާތްކޮށްގެންނެވެ. 

ނަމާދަށް ފެށުމަށްފަހު އެހެން މީހުން ނަމާދުކުރާގޮތަށް ސަމާލުކަން ނުދޭށެވެ. އެންމެ ކުޑަމިނުން ޖެހިގެން ހުންނަ މީހާ ކުރާ ކަންކަމަށްވެސް ނުބަލާށެވެ. ކޮންމެ މީހަކުވެސް ބަލަން އޮތީ އެމީހަކު ސަޖިދަކުރާތަނަށެވެ. އެހެން މީހުން ނަމާދުކުރާ ގޮތަށް ބަލާނަމަ އެކަމަށް ވިސްނޭނެއެވެ. އެއިރުން އެމީހަކު އެދަނީ ނަމާދުން ބޭރުވެގެންނެވެ. 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން