ޔަޢުޖޫޖްމައުޖޫޖް ބާގައިގެ މީހުންނަށް ކަންފަތް ބާގައިގެ މީހުންނެވެ ވެސް ކިޔައެވެ. އެއީ އެމީހުންގެ ކަންފަތްތައް ބޮޑެތިވެފައި ދިގުކަމުން ކަމަށްވެސް ވެދާނެއެވެ. އަހުރެންނަކަށް ނުއެނގެއެވެ.
އެމީހުން މިހާރު ތިބިތަނަކާއި ބެހޭ ގޮތުން ވަރަށް ގިނަ މީހުން އެކި ގޮތްގޮތަށް ވާހަކަދައްކައެވެ. އަހުރެމެން ބަލަންވީ ޤުރްޢާނާއި ހަދީޘްފުޅުތަކުން އެނގެންހުރި ކަންކަމަށެވެ.
ފުރަތަމަ ކަމަކަށް އެމީހުންވަނީ ދަނގަޑާއި ލޮއިން ހެދިފައިވާ ފާރެއްގެ ނިވަލުގައިކަން ޤުރްއާނުން އެނގެން އެބައޮތެވެ. ދަގަނޑާއި ލޮއިން ހަދާފައިވާ އެއްވެސް ފާރެއް ދުނިޔެއަކުން އަދި ނުފެނެއެވެ. ވީމާ އެމީހުން ވަނީ ޗައިނާގެ ބޮޑުފާރުގެ ނިވަލުގައިކަމަށް ބުނާ ބުނުމަކީ ދޮގެކެވެ.
ދެވަނަ ކަމަކަށް އަދި އެމީހުން އިންސާނުންގެ ތެރޭގައި ނުވާކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އެމީހުން މިހާރު ތިބީ ބިމުއަޑީގައި ލައްވަވާފައިވާ ތަނެއްގައިކަމަށް ނުވާންވީ ކީއްވެގެން ހެއްޔެވެ؟ ﷲ ތަޢާލާ ބޭނުންފުޅުވެ ވޮޑިގަންނަވާނަމަ އެފަދަ ބޮޑު ބިންގަރާހެއް ފަދަ ތަނެއް ބިމުއަޑީގައި ނުހުންނަންވީ ސަބަބަކީ ކޮބައިހެއްޔެވެ؟
މިކަންކަމުން އެނގިޔަޤީންވާ ކަމަކީ އެމީހުންވަނީ ﷲ ތަޢާލާ އެމީހުންނަށްޓަކައި ލައްވަވާފައިވާ ތަނެއްގައިކަމެވެ. އެއީ ކޮންތަނެއްކަން އަހުރެމެންނަށް ނުއެނގުމަކީ ވެސް ﷲ ތަޢާލާގެ ކުލަދުންވަންތަކަމުގެ ތެރެއިންވާ ކަމެކެވެ. ވީމާ ތިމާމެންނަށް އެނގެން ނެތް ކަންކަމުގެ ވާހަކަ އެނގޭކަމަށް ހަދައިގެން ނުދައްކާށެވެ. ﷲ ތަޢާލާ އެކަމަށް ކަނޑައަޅުއްވަވާފައިވާ ވަޤުތު އައިސް ޖެހުމުން އެމީހުން ފައުޅުކުރައްވަވާނެތެވެ. އަދި ނެތިވެސް ކުރައްވަވާނެތެވެ. އިން ޝާ ﷲ
މުހިންމީ އެމީހުން މިހާރުތިބި ތަނަކާއި ފައުޅުވާނެ ދުވަހެއް ނޫނެވެ. އަހުރެމެންގެ ޢަމަލުތައް އިޞްލާޙްކުރުމެވެ.
- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން