އެސްފީނާ ގެއަށް ވަދެއްޖެނަމަ މެދުވެރިވާންފަށާނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
އެސްފީނާ ގެއަށް ވަދެއްޖެނަމަ މެދުވެރިވާންފަށާނެ ބައެއް ކަންކަން-

ޢާންމު ގޮތެއްގައި އެސްފީނާ ގެއަށް ވަންނަމަވެސް އެކަން އެނގެން ދުވަސްކޮޅެއް ނަގައިވެސްފާނެއެވެ. ނުރައްކާތެރި ވައްތަރުނަމަ ވަޤުތުންވެސް އެކަމުގެ އަސަރު ފެންނަންވެސް ފަށައިފާނެއެވެ. 

އެސްފީނާ ގެއަށް ވަދެއްޖެނަމަ އެކަމުގެ އަސަރު ފުރަތަމަ ފެނުންގާތީ ކުދި ދަރިންގެ ގާތުންނެވެ. ބައެއް ކުދިން ކުރިއާ ޚިލާފަށް ނިދަން ބޭއްވީމާ ކަޅިޖަހާނުލައި މަތިބަލަން އޮވެދާނެއެވެ. އަނެއްބައިކުދިން ނިންދެވީމާ ސިއްސަސިއްސައިގެން ހިނގައިދާނެއެވެ. 

ދެން ގޭތެރެއިން ފުރަތަމަ ފެންނަންފަށާނެ އެއްކަމަކީ މަޞްލަޙަތު ގެއްލެން ފެށުމެވެ. ކުރިން އެއްވެސް މައްސަލައަކަށްނުވާ ކުދިކުދި ކަންކަންވެސް ބޮޑެތި މައްސަލަތަކަށްވެ ޒުވާބު ގިނަވުމެވެ. ކުރިން ދެމަފިރިން އެކުގައި ވަޤުތު ހޭދަކުރިނަމަވެސް އެކުގައި ވަޤުތުހޭދަކުރަން އުނދަގޫވާން ފެށުންވެސް ހިމެނެއެވެ. އެއިގެ ތެރޭގައި ދެމަފިރިން އެކުގައި ވަޤުތު ހޭދަކުރަން މަސައްކަތްކުރިނަމަވެސް ކޮންމެވެސް ކަމެއް މެދުވެރިވެ ހުރަސްތައް އެޅެންފަށާނެއެވެ.  

މީގެ އިތުރުން ބައިވެރިޔާއަށް ކޮށްދޭން ބޭނުންވާ ކަންކަން ކޮށްދޭން ހަނދާން ނެތުމުގެ މައްސަލަތައްވެސް ކުރިމަތިވެއެވެ. މިހެންގޮސް ދެމަފިރިންގެ މެދުގައި މައްސލަތައް އިތުރުވާނެ އެތައްކަމެއް ކުރިމަތިވާނެއެވެ.  

މިބާވަތުގެ ކަންކަން ގިނައިން ދިމާވާނީ ދެމަފިރިންގެ ދިރިއުޅުމަށް ޙަސަދަލުމުންނެވެ. މިބާވަތުގެ ކަންކަން ފެންނަން ފަށައިފިނަމަ ހޭލުންތެރިވެ ރުޤްޔާކުރާ ރަނގަޅު މީހެއްގެ ލަފާހޯދަންވާނެއެވެ. ފަރުވާ ލިބިގަންނަންވާނެއެވެ. ނޫންނަމަ މައްސަލަތައް ގޯހުން ގޯހަށްގޮސް ވަކިވާންޖެހުމަކީވެސް ދާދިގާތުގައި އޮންނަކަމެކެވެ.

 

- އެސްފީނާ ދެނެގަތުން  

މިއަދު އޮންލައިން