ކޮންމެހެންވެސް ކިޔައިލާތި!: އަތުގަ ފައިސާ ނެތަސް ހެޔޮލަފާ ފިރިންނަށް ކަންބޮޑުވާކަށް ނުޖެހޭނެ! އަނބިމީހާ އުފަލުގަ ބައިންދަން ކޮށްދޭންޖެހެނީ އެންމެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ކޮންމެހެންވެސް ކިޔައިލާތި!: އަތުގަ ފައިސާ ނެތަސް ހެޔޮލަފާ ފިރިންނަށް ކަންބޮޑުވާކަށް ނުޖެހޭނެ! އަނބިމީހާ އުފަލުގަ ބައިންދަން ކޮށްދޭންޖެހެނީ އެންމެ ކަމެއް!

އަނބިމީހާ: "ލޯބިވާ ފިރިމީހާއެވެ! ފިހާރަތައް ބަންދުނުކުރަނީސް ގެއަށް ބޭނުންވާ އެތިކޮޅު ގަނެލައިދޭށެވެ! އަދި އަހުރެންނަށް ގަނެދޭން ބުނި އެއްޗެތިވެސް ގަނެލައިދޭށެވެ!" 

ފިރިމީހާ: "ލޯބިވާ އަނބިމީހާއެވެ! އަހުރެން މިހުންނަނީ މިވާހަކަ ބުނާނެ ގޮތެއް ނުއެނގިފައެވެ. މުސާރަ އަދި ޖަމައެއް ނުވެއެވެ. އަތުގައި އެއްވެސް ފައިސާއެއް ނެތެވެ." 

އަނބިމީހާ: "ކުރިން ތިއަވާހަކަ ނުބުނީ ކީއްވެގެން ހެއްޔެވެ؟ ގެއަށް ބޭނުންވާ ތަކެތި ފުދޭވަރަށް ގަންނަން އަހުރެން ލާރިކޮޅެއް ދޭނަމެވެ. ގަނެލައިގެން އަންނާށެވެ! އަހުރެންނަށް ގަނެދޭން ބުނި އެއްޗެތި ގަންނާނެކަމެއް ނެތެވެ. ފައިސާ ލިބުނު ދުވަހަކުން ގަނެލައިދޭށެވެ!" 

"ފިރިމީހާ: "ނާހަމަ ތެދެއްހެއްޔެވެ؟ ގަނެނުދެވުނީތީ އެއްވެސް ޝަކުވާއެއް ނުކުރާނަން ހެއްޔެވެ؟" 

އަނބިމީހާ: "އަހުރެން ޝަކުވާ ކުރާނީ (ކުރަންޖެހިއްޖެނަމަ) އެންމެ ކަމަކަށް އެކަންޏެވެ. އެއީ އަހުރެންނަށް ލޯބިނުދީފިނަމައެވެ. ލޯބިދޭކަށް އެއްވެސް ފައިސާއެއް ޚަރަދުކުރާކަށް ނުޖެހޭނެ ނޫންހެއްޔެވެ؟ ވީމާ އަތުގައި ފައިސާ ނެތުމަކީ އެއްވެސް މައްސަލައެއް ނޫނެވެ." 

ފިރިމީހާ ބޭރަށް ގޮސްފައި އައީ ގެއަށާއި އަނބިމީހާއަށް ބޭނުންވާ ހުރިހާ އެއްޗެއް ގަނެގެންނެވެ. އަނބިމިހާ ބުނި ބަސްތަކުން ލިބުނު އުފާވެރިކަން ބޮޑުކަމުން ކާޑު ޑެބިޓުކޮށްގެން ގަތީއެވެ. 

މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންތައްވީގޮތެވެ. ދެމަފިރިންގެ މެދުގައި މިގޮތަށް ގުޅުން އޮންނަނަމަ އަތުގައި ފައިސާ ނެތިގެން ކަންބޮޑުވާކަށް ނުޖެހޭނެއެވެ. ހެޔޮލަފާ އަނބިންނަށް ލޯބިދޭނަމަ ގަހަނާ ވިއްކާފައިވެސް ޚަރަދުތައް ފޫބައްދާނެއެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން