ދެމަފިރިން އެކަކު އަނެކަކަށް މޫނުތިއަ ކުނިކުރަނީ ލައްވަވަވަން އޮތް މިބޮޑު ރަޙްމަތް ބޭނުންނުވާތީތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ދެމަފިރިން އެކަކު އަނެކަކަށް މޫނުތިއަ ކުނިކުރަނީ ލައްވަވަވަން އޮތް މިބޮޑު ރަޙްމަތް ބޭނުންނުވާތީތަ؟

ﷲ ތަޢާލާ އެދިވޮޑިގަންނަވަނީ ކޮންމެ ދެމަފިއަކުވެސް ލޯބިން ދިރިއުޅުމަށެވެ. އެހެންވެ ދެމަފިރިއަކު އެކަކު އަނެކަކަށް ލޯބިން ހިނިތުންވެލައިފިނަމަ އެދެމަފިރިއަކަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ 

ނަމަވެސް ކަންކަން މިވަނީ ކިހިނަކުން ހެއްޔެވެ؟ ކޮންމެ ދެމަފިރިއަކުވެސް ރަނގަޅަށް ވިސްނައިލަނަލާށެވެ! އެކަކު އަނެކަކަށް ލޯބިން ހިނިތުންވެވޭ ވަރާއި ކުނިމޫނު ދެއްކޭ ވަރަށެވެ. ގިނަވާނީ ގިނައިން ކުނިމޫނުދެއްކޭ މީހުންނެވެ.

އެކަމަކުވެސް ތިމާމްނެގެ ދިރިއުޅުމުގައި ބަރަކާތް ލެއްވެވުމަށް އެބައެދެމުއެވެ. އުފަލުގައި ދިރިއުޅެވުމަށް އެދެމުއެވެ. ތަނަވަސްކަން އިތުރުވުމަށްވެސް އެދެމުއެވެ. މިފަދަ ހުރިހާ ކަމެއްވެސް ޙާޞިލުކުރެވުންއޮތީ ﷲ ތަޢާލާގެ ރަޙްމަތްފުޅުންނެވެ. 

މިހިސާބުން މައުޟޫޢު ބަދަލުކޮށްލާނަމެވެ. ރުޅިއަންނަންޖެހޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ހިނިތުންވުމަކަށް ބަދަލުކޮށްލެވޭނެ އުކުޅެއް ބުނެލާނަމެވެ. އެއީ މައުޟޫޢު ބަދަލުކޮށްލުމެވެ. ހެއްވާމަޖާ ވާހަކަކޮޅެއް ދައްކައިލުމެވެ. "ތިއަގޮތަށް ރުޅިއައިމަ ތިބާގެ ސިފަ އެހެންމީހެއްގެ ސިފައަށް އެބަބަދަލުވެއެވެ. އަޅެ ނިކަން ހިނިތުންވެލައިބަލާށެވެ!" ބުނެލައިގެން ނަމަވެސްމެއެވެ. 90 އިންސައްތައަށްވުރެ ގިނަފަހަރު ކާމިޔާބުވާކަން ތަރިބާއިން ޘާބިތެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން