އެއިއްވެވީ އުޑުތަކުގައިވާ މަލާއިކަތުން ތަސްބީޙަވިދާޅުވާ އަޑުހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
އެއިއްވެވީ އުޑުތަކުގައިވާ މަލާއިކަތުން ތަސްބީޙަވިދާޅުވާ އަޑުހެއްޔެވެ؟

އެއިއްވެވީ އުޑުތަކުގައިވާ މަލާއިކަތުން ތަސްބީޙްވިދާޅުވާ އަޑުހެއްޔެވެ؟

މިއީ މިއަދުނޫހުގައި ޝާއިޢުކުރި ލިޔުމަކާއި ގުޅިގެން ކިޔުންތެރިއަކު ކޮށްފައިވާ ސުވާލެކެވެ. ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ އަދިވެސް އެއްފަހަރު ލިޔުން ވިދާޅުވެލައްވައި ވިސްނަވައިލައްވާށެވެ. ތިއަ ގޮތަށް ޤަބޫލުނުކުރަންވީ ސަބަބެއްވެސް ނެތެވެ. 

ކިޔުންތެރިޔާ ސުވާލުނެރުއްވި ލިޔުން: 

ނާސާގެ ސައިންސްވެރިން ޖައްވުން ރެކޯޑް ކުރި އަޑު ދިރާސާކޮށް ޢާންމުކުރުމުގައި ބައިވެރިވި ބައެއް ސައިންސްވެރިން އެއަޑާއިބެހޭގޮތުން ބުނެފައިވަނީ އެއީ ބިލިއަން މީހުން އެއްފަހަރާ އެއްޗެއްކިޔާއަޑު ކަމަށެވެ! 

އެބަސް އެއީ ތެދެއްކަމަށް ޤަބޫލުކުރެވޭ ހެކިތައް ޙަދީޘްފުޅުތަކުން ފެންނަން އެބަހުއްޓެވެ. މިފަދަ އަޑުފުޅުތައް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އިވިވަޑައިގެންނެވިކަން އެނގެން އެބައޮތެވެ. "ތިއަބައިމީހުންނަށް ނުފެންނަ ތަންތަން ތިމަން ކަލޭގެފާނަށް ފެނިވަޑައިގަންނަވައެވެ. ތިއަބައިމީހުންނަށް ނުއިވޭ އަޑުތައް ތިމަން އިވިވަޑައިގަންނަވައެވެ." އޮތް ޙަދީޘްފުޅުންނެވެ. 

އުޑުތަކުގައި ތިއްބަވާ މަލާއިކަތުންގެ ޢަދަދު ނުއެނގުނު ނަމަވެސް އެއީ ވަރަށް ގިނަ ޢަދަދެއްކަން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ. އެބޭކަލުން ސަޖިދައިގައި ތިއްބަވާކަމާއި ތަސްބީޙްވިދާޅުވަމުން ގެންދަވާކަމާއި އެކަން މެދުކެނޑިގެންދާ ހިނދުކޮޅެއްވެސް ނުއަންނަކަންވެސް ޙަދީޘްފުޅުން އެނގެން އެބައޮތެވެ.

 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

 

 

މިއަދު އޮންލައިން