ރޭއަޅުކަންކުރާއިރު ޤުރްއާން ކިޔަވަންވާނީ ލަސްލަހުންކަން ވަޙީބަސްފުޅުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ރޭއަޅުކަންކުރާއިރު ޤުރްއާން ކިޔަވަންވާނީ ލަސްލަހުންކަން ވަޙީބަސްފުޅުން-

ﷲ ތަޢާލާ މުއްޒަމިލް ސޫރަތުގެ ފުރަތަމަ އާޔަތުން 4 ވަނަ އާޔަތަށް ވަޙީ ކުރައްވަވާފައިވަނީ މިފަދައިންނެވެ.   

يَا أَيُّهَا الْمُزَّمِّلُ ﴿١﴾‏ قُمِ اللَّيْلَ إِلَّا قَلِيلًا ﴿٢﴾‏ نِّصْفَهُ أَوِ انقُصْ مِنْهُ قَلِيلًا ﴿٣﴾‏ أَوْ زِدْ عَلَيْهِ وَرَتِّلِ الْقُرْآنَ تَرْتِيلًا ﴿٤﴾‏

މާނައީ: "އޭ ފޭރާންތައް (ގައިކޮޅުގައި) އޮޅުއްވައިގެން އޮންނެވި ކަލޭގެފާނެވެ! (1) ރޭގަނޑުގެ އަޅުކަން ކުރެއްވުމަށް ތެދުވެވަޑައިގަންނަވާށެވެ! ވަރަށްކުޑަ ވަގުތުކޮޅަކަށް މެނުވީއެވެ. (2) އެ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައެވެ. ނުވަތަ އެޔަށްވުރެ ކުޑަތަންކޮޅެއް އުނިކޮށްލައްވާށެވެ! (3) ނުވަތަ އެޔަށްވުރެ އިތުރުކޮށްލައްވާށެވެ! އަދި ލަސްލަހުން قرآن ކިޔަވައި ވިދާޅުވާށެވެ! (4)" 

ބައެއް މީހުންނަށް މިކަންކަން ނުއެނގޭތީ ނަމަވެސް ރޭއަޅުކަމުގެ ނަމާދުތަކުގައިވެސް އަވަސްއަވަހަށް ޤުރްއާން ކިޔަވައިލައެވެ. " އަދި ލަސްލަހުން قرآن ކިޔަވައި ވިދާޅުވާށެވެ!" ވަޙީކުރައްވަވާފައިވާކަން ނުއެނގެނީކަމަށްވެދާނެއެވެ.  

ރޭއަޅުކަމުގެ ނަމާދުތަކުގައި އޮތީ ރުކޫޢާ ސުޖޫދުގައި ހޭދަކުރާ ވަޤުތުވެސް އިތުރުކޮށްލުމެވެ. ތަސްބީޙްކިޔުންވެސް އިތުރުވެގެންވަނީ ލަސްލަހުންނެވެ. ރޭއަޅުކަމުގެ ނަމާދުތަކަކީ ﷲ ތަޢާލާގެ ޙަޟްރަތަށް ވަރަށް ލޯބިން ކުރަން ޖެހޭ ނަމާދުތަކެވެ. ވީމާ އެމީހަކަށް ކެރިކުޅަދާންވާވަރަކުން ނަމާދުގައި ވީހާ ގިނަ ވަޤުތު ހޭދަކުރަން މަސައްކަތްކުރާށެވެ.  

ޛިކުރުކުރާއިރު ﷲ ތަޢާލާގެ މަތިން ހަނދުމަކޮށްގެން އިނދެ ޛިކުރުތައް ކިޔުމަށްވެސް ވަނީ އަންގަވައިފައެވެ.  

އެގޮތުން ﷲ ތަޢާލާ މުއްޒަމިލް ސޫރަތުގެ 8 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ.   

وَاذْكُرِ اسْمَ رَبِّكَ وَتَبَتَّلْ إِلَيْهِ تَبْتِيلًا ﴿٨﴾‏

މާނައީ: "ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅު ހަނދުމަކުރައްވާށެވެ! އަދި (އެހެންހުރިހާ ފަރާތަކުން އެއްކިބާވެ، ހަމައެކަނި) އެކަލާނގެ حضرة އަށް إخلاص ތެރިކަމާއެކު ކުއްތަންވެވަޑައިގަންނަވާށެވެ! (8)"

 

 

މިއަދު އޮންލައިން