ލޯބިވާކަމަށް މީހަކު ބުނާއިރަށް ދަރިންނަށް އެހާފަސޭހައިން އޭނާގެ ބަސް ޤަބޫލުކުރެވޭ މައްސަލަ ޙައްލުކުރެވޭނީ ބައިންބަފައިންނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ލޯބިވާކަމަށް މީހަކު ބުނާއިރަށް ދަރިންނަށް އެހާފަސޭހައިން އޭނާގެ ބަސް ޤަބޫލުކުރެވޭ މައްސަލަ ޙައްލުކުރެވޭނީ ބައިންބަފައިންނަށް!

ލޯބި ބޭނުންނުވާނެ އެކަކުވެސް ނުހުންނާނެއެވެ. ކުޑަކުދިން ބޭނުންވާނީ މައިންބަފައިންގެ ލޯތްބެވެ. ދަރިފުޅު ދެކެ ވަރަށް ބޮޑަށް ލޯބިވާކަމަށް މައިންބަފައިން ބުނާ އަޑުއަހަން ބޭނުން ނުވާނެ ކުއްޖަކު ނުހުންނާނެއެވެ. ނަމަވެސް އެނަޞީބު ލިބެނީ ވަރަށް މަދުކުއްޖަކަށެވެ. ބަލައިލަން މިއުޅެނީ އެކަން އެގޮތަށް ނުކުރުމުން ދިމާވާ މައްސަލަތަކަށެވެ.

މިހާރަކަށް އައިސް މީހަކު ފެނުމުން އޭނާދެކެ ވަރަށް ލޯބިވާކަމަށާއި އޭނާ ވަރަށް ރީތިކަމަށް ބުނުމަކީ ވަރަށް ޢާންމު ކަމެކެވެ. އަދި އެއީ އެއްވެސް ބުރަދަނެއް ވެސް އޮތް ބަހަކަށްވެސް ނުވެއެވެ. ސަބަބަކީ އެތައް ބައެއްގެ ގާތުގައި އެހެން ބުނާ މީހުން ވެސް ބައިވަރެވެ.

މީހަކު އެހެން ބުނުމުން އެހައި ފަސޭހައިން ޤަބޫލުކުރެވެނީ އަމިއްލަ ގޭތެރެއިން އެހެން ބުނާއަޑު ނުއިވޭތީއެވެ. ކޮންމެ މީހަކީވެސް އެހެން މީހުންގެ ލޯތްބަށް ބޭނުންވާނެ މީހެކެވެ. އެހެން މީހުންގެ ތަޢްރީފް ބޭނުންވާނެ މީހެކެވެ. ޢާއިލީ ލޯތްބާ ޢިޝްޤީ ލޯތްބަކީ ތަފާތު އެއްޗެއް ނަމަވެސް ލޯބިވާ ވާހަކަ ޢާއިލާއިން އަޑު ނުއިވޭނަމަ އެއީ މައްސަލައެކެވެ. އެޙާލަތުގައިވާ ގޮތަކީ ލޯބިވާކަމަށް ދުރު މީހަކު ބުނުމުން ސަމާލުކަން ދެވެނީއެވެ. އެއީ ވަރަށް ބޮޑު ކަމެއްގެ ގޮތުގައި ދެކެވެނީއެވެ.

ޢާއިލާގެ މީހުން އެކަކު އަނެކަކު ދެކެ ލޯބިވާކަން ހާމަކުރާނަމަ ކުރާނެ ފައިދާއަކީ މީހަކު ލޯބިވާކަމަށް ބުނި ނަމަވެސް އެއީ މާބޮޑުކަމެއްކަމަށް ނުދެކެވުމެވެ. ތިމާ ދެކެ ލޯބިވާ އެހެން ބައަކުވެސް ތިބިކަން އެނގޭތީ އެހެން މީހަކު ބުނާބުނުން އެހައި މުހިންމު ނުވުމެވެ.

މީހުން ލޯބިވާކަމަށްބުނެ ދައްކާ ވާހަކަތަކަށް ދަރިންނަށް އެހައި ބޮޑަށް ސަމާލުކަން ދެވެނީ ކުރިން މުބުނިފަދައިން އެ ބަސް ކުރިން އަޑުނިއިވޭތީއެވެ. ގޭތެރެއިން އަޑުނުއިވޭތީއެވެ. އިވެންޖެެހޭ މީހުންގެ ފަރާތުން އަޑު ނުއިވޭތީއެވެ. މަކަރުން އެހެން ބުނާ މީހުންގެ ވާހަކަތަކަށް އެހައި ފަސޭހައިން ހެއްލެވެނީވެސް ހަމަ އެ ސަބަބަށްޓަކައެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން