ތިބާއަށް ﷲ ތަޢާލާގެ ޙަޟްރަތުން ލިބިގެންދާނެ ދެ މެސެޖެއް އެބައޮތް! ލިބިއްޖެނަމަ ޢަމަލުކުރަން އަވަސްވެ ނުގަތުމަކީ ލިބޭނެ އެންމެ ބޮޑު ދެރަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ތިބާއަށް ﷲ ތަޢާލާގެ ޙަޟްރަތުން ލިބިގެންދާނެ ދެ މެސެޖެއް އެބައޮތް! ލިބިއްޖެނަމަ ޢަމަލުކުރަން އަވަސްވެ ނުގަތުމަކީ ލިބޭނެ އެންމެ ބޮޑު ދެރަ!

ކިތަންމެ ކުޑަނަމަވެސް އަދި ކިތަންމެ ބޮޑުނަމަވެސް ފާފައެއް ކުރަން އުޅެނިކޮށް ކުރެވެން މިއުޅެނީ ގޯސްކަމެއްކަން ހިތަށް ވަދެއްޖެ ނަމަ (ހިތަށް އަރައިފިނަމަ) އެއީ އާދައިގެ ކަމެއް ކަމަށް ހީނުކުރާށެވެ! އެމެސެޖަކީ ﷲ ތަޢާލާގެ ޙަޟްރަތުން ތިބާއަށް އަންނަ ވަރަށް ވަރުގަދަ މެސެޖެކެވެ.

އެފަދަ މެސެޖެއް ލިބުނެއްނަމަ ފުރަތަމަ ކަމަކަށް ﷲ ތަޢާލާއަށް ޝުކުރުވެރިވާށެވެ. ދެން ބިރުވެތިވެ އެފާފައެއް ކުރުން ހުއްޓައިލާށެވެ. އެއީ ކޮންމެ މީހަކަށް ކޮންމެ ފަހަރަކު ލިބޭނެ މެސެޖެއް ނޫނެވެ.  

ދެން އޮތީ ފާފައެއް ކުރެވޭފަހުން ތިމާއަށް މިކުރެވުނީ ފާފައެއްކަން ވިސްނުމެވެ. އެފަދަ ވިސްނުމަކީވެސް ހަމަ ﷲ ތަޢާލާގެ ޙަޟްރަތުން އަންނަ ވިސްނުމެކެވެ. އެފަދަ ގޮތަކަށް ވިސްނިއްޖެނަމަ ކުރެވުނު ފާފައާއިމެދު ހިތާމަކޮށް ތައުބާވުމަށް އަވަސްވެގަންނާށެވެ! އެހެނީ އެއީވެސް ކޮންމެ މީހަކަށް ކޮންމެ ފަހަރަކު ލިބޭނެ ވިސްނުމެއް ނޫނެވެ.  

ކުރިން މިބުނި ފަދައިން ފާފައެއް ކުރެވެން އުޅޭހިނދު ކުރެވެން މިއުޅެނީ ފާފައެއް ވިސްނިއްޖެނަމަ އެފާފަ ނުކޮށް ދޫކޮށްލާ މީހަކަށް އެ މެސެޖް ގިނަގިނައިން ލިބޭނެއެވެ. ޙަޤީޤަތުގައި މިބުނި 2 މެސެޖްވެސް ލިބެނީ އެމީހަކާއިއެކުގައިވާ ރަޙްމަތުގެ މަލާއިކަތުންގެ ފަރާތުންނެވެ.  

އަދި ބުނަން ހެއްޔެވެ؟ ފާފައެއް ކުރަން އުޅުނަސް ފާފައެއް ކުރެވުނަސް ކޮންމެ ފަހަރަކުވެސް މިމެސެޖް އެމީހަކަށް ލިބޭނެއެވެ. ނަމަވެސް ޝައިޠޯނާގެ ފަޅިއަށް ބުރަވެވިފައި ހުންނަވަރުން މެސެޖް ފަހުމް ނުވަނީއެވެ. ކޮންމެ މީހަކަށް ކޮންމެ ފަހަރަކު ނުލިބޭނެ ކަމަށް މިބުނަނީ މެސެޖް ލިބުމުންވެސް ކޮންމެ ފަހަރަކު ފަހުމް ނުވާނެތީއެވެ.  

ވީމާ އެމެސެޖް ފަހުމްވެއްޖެނަމަ އެކަންވާނީ ﷲ ތަޢާލާ އެމީހަކަށް ދެއްވެވި ވަރަށް ބޮޑު ނިޢުމަތަކަށެވެ. ވީމާ ބަލައިނުގަނެ ދޫކޮށްލަން ހެޔޮ ނުވާނެއެވެ. ބަލައި ނުގަނެ ދޫކޮށްލާނަމަ އެމީހަކު ވެގެންދާނީ، ސިކުނޑި އޮތަސް ނުވިސްނޭ، ހިތެއް އޮތަސް އަސަރު ނުކުރާ، އަޑުއިވުނަސް ބީރު، ލޮލަށް ފެނުނަސް ކަނު މީހަކަށެވެ. އެމީހަކު ހިމެނޮިގެންދިއުން އެންމެ ގާތީ ޤިޔާމަތް ދުވަހު އެންމެ ބޮޑަށް ހިތާމަކުރަންޖެހޭނެ މީހުންގެ ތެރޭގައެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން