މީހަކަށް ލިބޭނެ އެންމެ ބޮޑުދެރައިން ސަލާމަތްވެވެން އޮތީ އެކަމަށް މިއަދު ސަމާލުކަން ދެވުނުވަރަކުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
މީހަކަށް ލިބޭނެ އެންމެ ބޮޑުދެރައިން ސަލާމަތްވެވެން އޮތީ އެކަމަށް މިއަދު ސަމާލުކަން ދެވުނުވަރަކުން!

މީހާ ޙައްޤު ގޮތުގައި ހުއްޓައި ދުނިޔޭގައި މީހަކަށް ގެއްލިގެންދާ ކޮންމެ ނިޢުމަތަކަށް ހެޔޮ ބަދަލެއް ލިބޭނެއެވެ. ދުނިޔޭގައި އެބަދަލު ނުލިބުނު މީހަކަށް މަރުވުމުން ބަދަލު ދެއްވަވާނެތެވެ. ކޮންމެ މުޞީބާތަކަށްފަހު ރަޙްމަތެއްވާކަމަށް ޤުރްއާނުގައި އޮންނަނީ އެހެންވެގެންނެވެ.  

އެހެނަސް ބަދަލު ނުލިބި މީހާ ހުރިހާ ގޮތަކުންވެސް ހަލާކުގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ނިޢުމަތެއް ވެއެވެ. ގިނަ ބައަކު މިއަދު ޣާފިލުވެގެން މިއުޅެނީ އެނިޢުމަތަށެވެ. އެނިޢުމަތަކީ ﷲ ތަޢާލާ ރަހްމަތް ލައްވަވާނެ މީހަކަށް ނުވެވި ލަޢްނަތް ލައްވަވާނެ މީހަކަށްވެވުމެވެ. ޤިޔާމަތް ދުވަހު އެމީހަކަށް ރަޙުމް ނުކުރައްވަވާނެ އަދި ބައްލަވައިވެސް ނުލައްވަވާނެ މީހަކަށް ވެވުމެވެ.  

ދުނިޔޭގައި ހުންނައިރު އެމީހާޢަށް ތަނަވަސްކަމާއި މަތިވެރި މަޤާމާއި ދަރަޖަ އޮތުމުން އެމީހަކަށް އެކަން އިޙްޞާޞްވެސް ނުކުރެވިދާނެއެވެ. ދުނިޔޭގައި އެކަން ތަޖުރިބާކުރަން ނުޖެހިވެސް ހިނގައިދާނެއެވެ. ނަމަވެސް ޤިޔާމަތް ދުވަހު އެމީހަކު ވެގެންދާނީ ނިކަމެތިވެ ގެއްލެނިވެގެންވާ މީހަކު ކަމުގައެވެ. އެމީހަކަށްޓަކައި ޝަފާޢަތްތެރިވެވޭނެ މީހަކު ނުވަތަ ފަރާތެއް ނުވާނެއެވެ.  

ﷲ ތަޢާލާގެ އެންމެ އަރިސް މިތުރު، ޚަލީލުގެ ދަރަޖަ ދެއްވެވި އިބްރާހީމްގެފާނުގެ ވާހަކައާއި ދުނިޔެއަށް ފޮނުއްވެވުނު އެންމެ މާތް، އެންމެ މަތިވެރި އިންސާނާ، އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބޮޑުބޭބޭފުޅު އަބޫޠާލިބްގެފާނާއިމެދު ޤުރްޢާނުގައިވާ ވާހަކަތަކާއި ފެންނަންހުރި ޙަދީޘްފުޅުތަކުން ޢިބްރަތް ޙާޞިލްކުރާށެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ﷲ ތަޢާލާގެ ރަހްމަތްފުޅުން ތިމާ ބޭރުކުރައްވަވައިފާނެ އެއްވެސް ކަމެއް ނުކުރާށެވެ. ތިމާއަށް ލަޢްނަތް ލައްވަވައިފާނެ އެންމެހައި ކަންކަމަށް ބިރުވެތިވާށެވެ. އެފަދަ ނުބައި ޢަމަލެއް ކުރުމުގެ ބާރުވެސް އަދި ވިސްނުންވެސް ނުދެއްވެވުން އެދި އިޚްލާޞްތެރިކަމާއިއެކު ދުޢާކުރަމުން ގެންދާށެވެ! ޙައްޤު މަގުގައި އެމީހަކު ލައްވަވައިދެއްވަވާނެތެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން