ބައެއް މީހުން ކަންބޮޑުވެގެން އުޅެނީ ކުރާނެ ފައިދާހުރިނ ހެޔޮ ޢަމަލެއް ނުވިސްނިގެންނެވެ. އެގޮތަށް އުޅެންހަދައިގެން ބައެއް ފަހަރު ހެޔޮ ޢަމަލުކަމަށް ހީކޮށް ބިދުޢަވެރި ޢަމަލުތައްވެސް ކުރެވޭތަން އެބަ ފެނެއެވެ.
ނިކަން ބުނެބަލާށެވެ! ސުންނަތް ރޯދަ ހިފުން ގިނަ ނުކުރަނީ އަދި ޤުރްއާން ކިޔެވުން ގިނަ ނުކުރަނީ ކީއްވެގެން ހެއްޔެވެ؟ އެކަންކަމުން ކުރާނެ ފައިދާ ޔަޤީންވާއިރުވެސް ފަރުވާކުޑަކުރަނީ ކީއްވެގެން ހެއްޔެވެ؟
ރޯދަ އާއި ގުރްއާން އޭގެ އަހްލުވެރިންނަށް ގިޔާމަތް ދުވަހުގައި ޝަފާޢަތްތެރިވެއެވެ.
ރޯދަ ދަންނަވާނެއެވެ!
ހައްދަވާގެންގުޅުއްވާ އިލާހްއެވެ. ދުވާލުގެ ވަގުތުގައި ޝަހްވަތްތަކާއި ކެއުންބުއިމުން އޭނާ މަނާ ކުރީ ތިމަންނާއެވެ. ތިމަންނާގެ ޝަފާޢަތް އޭނާ އަށް ދެއްވާށެވެ!
ގުރްއާން ދަންނަވާނެއެވެ.
ހައްދަވާގެންގުޅުއްވާ އިލާހްއެވެ!އޭނާ އަށް ރޭގަނޑުގެ ނިދި މަނާކުރީ ތިމަންނާއެވެ. ތިމަންނާގެ ޝަފާޢަތް އޭނާ އަށް ދެއްވާފާންދޭވެ!
ވީމާ ޤިޔާމަތްދުވަހު ޤުރްއާނާއި ރޯދަ އެމީހަކަށް ޝަފާޢަތްތެރިވާނެއެވެ.
ޙަދީޘް ރިވާ ކުރެއްވެވީ: އިމާމް އަޙްމަދު ރަޙިމަހުالله.