ދަމުނަމާދުކުރަން ފަށައިގަތުމަށް މީހަކު ހަމައެކަނި ހުކުރުވިލޭރޭ ދަމުނަމާދުކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 21ސ
ދަމުނަމާދުކުރަން ފަށައިގަތުމަށް މީހަކު ހަމައެކަނި ހުކުރުވިލޭރޭ ދަމުނަމާދުކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟

ދަމުނަމާދުކުރަން ފަށައިގަތުމަށް މީހަކު ހަމައެކަނި ހުކުރުވިލޭރޭ ދަމުނަމާދުކުރުމަކީ  ކޮންކަހަލަ ކަމެއްތޯ؟ 

ހުކުރު ދުވަހަކީ ބަންދުދުވަހަކަށްވުމުން ހުކުރުވިލޭރޭ ހޭލައި ހުންނަން ފަސޭހަވާތީ ނަމަވެސް ހަމައެކަނި ހުކުރުވިލޭރޭ ދަމުނަމާދުކުރަން ފަށަން ބޭނުންވެގެން ސުވާލުކުރެއެވެ. ދަމުނަމާދުކުރުމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑު ޢަމަލެކެވެ. ސުންނަތް ނަމާދުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު ނަމާދަކީވެސް ދަމުނަމާދެވެ. އެހެންކަމާއިއެކުވެސް ކުރަން ފަށަންވާނީވެސް ޙަދީޘްފުޅުގައި އޮތް ގޮތަށެވެ.   

ބައެއް މީހުންނަށް ނުއެނގިނަމަވެސް ހުކުރުވިލެރޭ ދަމުނަމާދުކުރަން އެބަ ޚާއްޞަ ކުރެވެއެވެ. އެއީ ހުކުރު ދުވަހަކީ ބަންދު ދުވަހަކަށްވުމުން ބޭނުންހައި އިރެއް ވަންދެން ނިދާލެވޭތީ ކަމަށްވެސް ވެދާނެއެވެ. އެހެންވެ ކަން އޮތް ގޮތް ޙަދީޘްފުޅުން ހާމަކޮށްލާނަމެވެ.   

ޙަދީޘްފުޅުގައި އޮތީ މިފަދައިންނެވެ.  

وَعَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ-   عَنِ النَّبِيِّ صَلَى اللَّهُ عَلَيْه وَسَلَّمَ قَالَ: (( لَا تَخْتَصُّوا لَيْلَةَ الْجُمُعَةِ بِقِيَامٍ مِنْ بَيْنِ اللَّيَالِي، وَلَا تَخْتَصُّوا يَوْمَ الْجُمُعَةِ بِصِيَامٍ مِنْ بَيْنِ الْأَيَّامِ، إِلَّا أَنْ يَكُونَ فِي صَوْمٍ يَصُومُهُ أَحَدُكُمْ ))  رَوَاهُ مُسْلِمٌ  .

أَبُو هُرَيْرَةَ -رَضِيَ اللَّهُ عَنْهُ- ގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ صَلَى اللَّهُ عَلَيْه وَسَلَّمَ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

"ރޭތަކުގެތެރެއިން ހުކުރު ވިލޭރޭ ދަމުނަމާދުކުރުމަށް ޚާއްޞަ ނުކުރާހުށިކަމެވެ. އަދި ދުވަސްތަކުގެ ތެރެއިން ހުކުރު ދުވަސް ރޯދަ ހިފުމަށް ޚާއްޞަ ނުކުރާހުށިކަމެވެ. (އެއީ) ތިޔަބައިމީހުންގެ ތެރެއިން މީހަކު (ހުކުރު ދުވަހުގެ ކުރިން ފެށިގެން) ހިފަމުން އައި ރޯދައެއްގައި މެނުވީއެވެ."

ރިވާކުރެއްވީ الإِمَامُ مُسْلِم  

(ހުކުރު ދުވަހު އެކަނި ރޯދަހިފުމެއް ނެތެވެ. ބުރާސްފަތި-ހުކުރު ނުވަތަ ހުކުރު ހޮނިހިރުގައި ރޯދަހިފާށެވެ! މާނައަކީ ހުކުރު ދުވަހު އެކަނި ރޯދަ ނުހިފާށެވެ! ހުކުރު ދުވަހު ރޯދަ ހިފާނަމަ ގުޅުވައިގެން އެއްދުވަސްކުރިއަށް ނުވަތަ އެއް ދުވަސް ފަހަތަށް ރޯދަހިފާށެވެ!)

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން .

 

މިއަދު އޮންލައިން