އޮސްޓްރޭލިއާ-ދިވެހިރާއްޖެ އިސް އޮފިޝަލުންގެ މަޝްވަރާތަކުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
އޮސްޓްރޭލިއާ-ދިވެހިރާއްޖެ އިސް އޮފިޝަލުންގެ މަޝްވަރާތަކުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

އޮސްޓްރޭލިއާގެ ވެރިރަށް ކެންބަރާގައި ބޭއްވުނު އޮސްޓްރޭލިއާ-ދިވެހިރާއްޖެ އިސް އޮފިޝަލުންގެ މަޝްވަރާތަކުގައި، ދިވެހިރާއްޖެއިން އެ ބައްދަލުވުމުގައި އޮންލައިންކޮށް ބައިވެރިވެ، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، މޫސުމީ ބަދަލުތަކާ ގުޅޭ ކަންކަމާއި ސަރަޙައްދީ މުހިއްމު އެހެނިހެން ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށް އަޒުމް އާކޮށްފިއެވެ.

މި މަޝްވަރާތަކުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވި ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. ޢަބްދުﷲ ނިޔާޒާއި، ސްޓޭޓް މިނިސްޓަރު މުޙައްމަދު ފާއިޒާއި، ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ އެވެ. މި ބޭފުޅުން ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެފަރާތަށް ވެސް ފައިދާހުރި ކަންކަމުގައި އެއްބާރުލުން ދިނުމަށް ތައްޔާރަށް ތިބިކަން ހާމަކުރައްވާފައެވެ.

މި ބައްދަލުވުންތަކުގައި، ޚާއްސަ ސަމާލުކަމެއް ދީފައިވަނީ މޫސުމީ ބަދަލުތަކާ ގުޅޭ ކަންކަމުގައި ދެޤައުމުގެ އެއްބާރުލުން އިތުރުކުރުމަށާއި، ސަރަޙައްދީ އެހެނިހެން މުހިއްމު ކަންކަމުގައި ގުޅިގެން ކުރިއަށް ދިއުމަށެވެ. ދިވެހިރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމަކަށް ވުމުން، މި ދާއިރާއިން އޮސްޓްރޭލިއާގެ އެހީތެރިކަން ލިބުން ވަރަށް މުހިއްމެވެ.

މިފަދަ މަޝްވަރާތަކަކީ ދެޤައުމުގެ ގުޅުންތައް ބަދަހިކޮށް، ދެފަރާތަށްވެސް ފައިދާހުރި ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިކޮށްދޭ ކަންކަމެވެ. މީގެ ސަބަބުން ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާވެ، ކުރިއަށް އޮތްތަނުގައިވެސް ގިނަ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ބާރުއަޅާނެއެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން