ބ.އޮޅުގިރީގެ ދެކުނުން 4.5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ބ.އޮޅުގިރީގެ ދެކުނުން 4.5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި

ވަދު ކަނދުފަތި ނަންބަރު: G08V01 04 ނޮވެމްބަރ 2025 ވަނަ ދުވަހު ބ.އޮޅުގިރީގެ ދެކުނުން 4.5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި.

ބ.އޮޅުގިރީގެ ދެކުނުން 4.5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިއެވެ.

މި ކަނދުފަތީގެ ނަންބަރަކީ G08V01 އެވެ. މި ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ:

ކަނދުފަތީގެ ނަންބަރަކީ B08V01 އެވެ. މި ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ:

00°,04.56'N

72°59.000'E

މި ކަނދުފަތި ޤާއިމްކުރުމުގެ މަޤްޞަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއެރުވުމެވެ. މި ވަދު ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.

ކަނދުފަތި ޤާއިމްކުރުމަކީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. އަދި ސަރުކާރުން މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރަމުން ގެންދާ މުހިންމު މަސައްކަތެކެވެ.

ދިވެހިރާއްޖޭގެ ކަނދުފަތީގެ ވިއުގަ އިތުރަށް ފުޅާކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އައު ފަރުމާއަކަށް ބަދަލުކުރުމުގެ މަޝްރޫޢެއް މި މުޒާރާއިން ވަނީ ފަށާފައެވެ.

 

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން