މާލޭގެ ގެއެއްގެ 6 ވަނަ ފަންގިފިލާގެ ސިޑިގޮޅިން މީހަކު ވެއްޓި ނިޔާވެއްޖެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވަނީ ހާމަކޮށްފައެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ބަންގްލަދޭޝްގެ 47 އަހަރުގެ ފިރިހެނެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ އިއްޔެ އިރުއޮއްސި 6:29 ހާއިރު ކަމަށެވެ. ހާދިސާ ހިނގާފައިވަނީ މާފަންނު ސަރަހައްދުގެ ގެއެއްގެ 6 ވަނަ ފަންގިފިލާއިން އެގޭގެ ސިޑިގޮޅިއަށް މީހަކު ވެއްޓުމުގެ ސަބަބުންނެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ސިޑިގޮޅިއަށް ވެއްޓުނު މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާކަމަށް ޑޮކްޓަރުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ބެލުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ހުރިހާ ކަމެއް މިހާރު ބަލަމުން ގެންދާ ކަމަށާއި، އިތުރު މައުލޫމާތެއް ލިބިއްޖެނަމަ ހާމަކުރާނެ ކަމަށެވެ.ަ