ތަޢުލީމީ މަރުކަޒުގެ އައު އިމާރާތާއި ކުނި މެނޭޖްކުރާ ސެންޓަރުގެ އަމަލީ މަސައްކަތް ފުވައްމުލައް ސިޓީގައި ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ތަޢުލީމީ މަރުކަޒުގެ އައު އިމާރާތާއި ކުނި މެނޭޖްކުރާ ސެންޓަރުގެ އަމަލީ މަސައްކަތް ފުވައްމުލައް ސިޓީގައި ފަށައިފި

ފުވައްމުލައް ސިޓީގެ ތަރައްޤީއަށް މުހިންމު ދެ ބޮޑު މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި ދެ މަޝްރޫޢަކީ ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ އައު އިމާރާތާއި، ފުވައްމުލަކު ސިޓީގެ ކުނި މެނޭޖްކުރާ ސެންޓަރުގެ މަސައްކަތެވެ.

މި މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުވައްމުލައް ސިޓީއާއި، އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުވައްމުލައް ސިޓީއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުތަކުގައެވެ. ރައީސުލްޖުމްހޫރިއްޔާ މި ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އަތޮޅު ތަޢުލީމީ މަރުކަޒުގައި އިމާރާތްކުރާ 5 ފަންގިފިލާގެ އައު އިމާރާތާއި، ކުނި މެނޭޖުކުރާ ސެންޓަރުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރުއެވެ. މި ދެ މަޝްރޫޢަކީވެސް ސިޓީގެ ރައްޔިތުންނަށް ދިގު މުއްދަތަށް ފައިދާކުރާނެ އަސާސީ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި ކުރިއަށްގެންދާ މަސައްކަތްތަކެކެވެ.

އަތޮޅު ތަޢުލީމީ މަރުކަޒުގެ އައު 5 ފަންގިފިލާގެ އިމާރާތަކީ، ސްކޫލުގެ ކިޔެވުމުގެ ޖާގަ އިތުރުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ދަރިވަރުންނަށް ފަހި މާހައުލެއް ޤާއިމުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. އަދި ފުވައްމުލަކު ސިޓީގެ ކުނި މެނޭޖްކުރާ ސެންޓަރުގެ މަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވަނީ، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް، ވެމްކޯއާއެވެ. މި ސެންޓަރު ޤާއިމުވުމުން ސިޓީގެ ކުނި ނައްތާލުމުގެ ނިޒާމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން