އެސްޑީއެފްސީ ފެސިލިޓީތަކަށް ބީއެމްއެލް މޯބައިލް އެޕް މެދުވެރިކޮށް ފައިސާ ދެއްކޭނެމަގު ފަހިކޮށްދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 44ސ
އެސްޑީއެފްސީ ފެސިލިޓީތަކަށް ބީއެމްއެލް މޯބައިލް އެޕް މެދުވެރިކޮށް ފައިސާ ދެއްކޭނެމަގު ފަހިކޮށްދީފި

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ފެސިލިޓީތައް ބީއެމްއެލް މޯބައިލް އެޕްލިކޭޝަންއާއި ގުޅުވާލައި އެސްޑީއެފްސީގެ ފެސިލިޓީތަކަށް ބީއެމްއެލް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފައިސާ ދެއްކޭނެ މަގުފަހިކޮށްދީފިއެވެ.

މަރުޙަލާތަކަކަށް ބަހާލައިގެން ފަށާފައިވާ މި އިންޓަގްރޭޝަނާއިއެކު، އެސްޑީއެފްސީގެ ކަސްޓަމަރުންނަށް އެފަރާތްތަކުގެ ފެސިލިޓީގެ މައުލޫމާތު ފަސޭހައިން ބެލުމާއި، ބީއެމްއެލް އެޕްގައި ހިމެނޭ ބިލްޕޭ ފީޗަރ މެދުވެރިކޮށް ފެސިލިޓީއަށް ފައިސާ ދެއްކުމުގެ ހިދުމަތް މިހާރު ވަނީ ތަޢާރަފުކުރެވިފައެވެ. މި ހިދުމަތުގެ ސަބަބުން ވިޔަފާރިތަކަށް ފަސޭހަ އަދި ރައްކާތެރިގޮތެއްގައި މާލީ މުއާމަލާތް ކުރުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.  

މި ޚިދުމަތް ހޯއްދެވުމަށް، ބީއެމްއެލް މޮބައިލް އެޕްލިކޭޝަންގައި ބޭނުންކުރައްވާ އަމިއްލަ އެކައުންޓް މެދުވެރިކޮށް އެޕަށް ލޮގިންވެ، އެކައުންޓް ޓެބުގެ ދަށުން ފެސިލިޓީގެ ތަފުސީލު، ފެސިލިޓީގެ ބާކީ އަދަދު، އަދި މަހުން މަހަށް ދައްކަންޖެހޭ އަދަދު ހިމެނޭހެން މުހިންމު މައުލޫމާތު ފަސޭހަކަމާއެކު ބަލާލެވޭނެއެއެވެ.                 

"މި އިންޓަގްރޭޝަނަކީ އެސްއެމްއީތަކަށް ފޯރުކޮށްދެވޭ އެންމެހައި ހިދްމަތްތައް ޑިޖިޓަލައިޒްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް، އަޅުގަނޑުމެންގެ ފެސިލިޓީތައް ބީއެމްއެލް މޮބައިލް އެޕްލިކޭޝަނާއި ގުޅުވާލުމުން ކަސްޓަމަރުންނަށް ހިދުމަތް ލިބިގަތުން ފަސޭހަވެގެންދާނެ، މިގޮތުން ކުރިން ފެސިލިޓީތަކަށް ފައިސާ ދެއްކުމަށް ކުރަމުންއައި މެނުއަލް ބޭންކް ޓްރާންސްފަރތައް މަދުކުރެވި، ރިއަލް-ޓައިމްކޮށް ޕޭމަންޓް ތަކުގެ އަޕްޑޭޓް ލިބި، ހިދްމަތްތައް އަވަސް ވެގެންދާނެ" މި އިންޓަގްރޭޝަންއާއި ގުޅޭގޮތުން، އެސްޑީއެފްސީގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވެފައިވެއެވެ.

ކަސްޓަމަރުންނަށް މި ހިދްމަތް ބޭނުންކުރުމަށް އެހީތެރިވުމުގެ ގޮތުން، އެސްޑީއެފްސީގެ ސޯޝަލް މީޑިއާ ޗެނަލްތަކުން ބިލްޕޭ ފީޗަރ މެދުވެރިކޮށް ފައިސާ ދައްކާނެ ގޮތުގެ ތަފްސީލު ވަނީ ޝާއިޢުކޮށްފައިއެވެ.

މިއަދު އޮންލައިން