ފުވައްމުލައް ސިޓީގައި ސްޕޯޓްސް ކޮމްޕްލެކްސް ޢެއް އެޅުމަށް ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
ފުވައްމުލައް ސިޓީގައި ސްޕޯޓްސް ކޮމްޕްލެކްސް ޢެއް އެޅުމަށް ހަވާލުކޮށްފި

ފުވައްމުލައް ސިޓީގައި ޒަމާނީ ފެންވަރުގެ ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތް ރަސްމީކޮށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށް އެއްބަސްވުމުގައި މިރޭ ސޮއިކޮށްފިއެވެ. މި މަޝްރޫޢަކީ ފުވައްމުލަކުގެ ކުޅިވަރުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މަޝްރޫޢެއް ކަމަށް ބެލެވެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ފުވައްމުލައް ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފެވެ.

މި މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ސްޕޯޓްސް ކޮމްޕްލެކްސްއަކީ 1،200 މީހުންނަށް ވަދެވޭ ވަރުގެ ޒަމާނީ އިންޑޯ ކުޅިވަރުތައް ކުޅެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ އިމާރާތެކެވެ. މި ކޮމްޕްލެކްސްގެ ސަބަބުން ސިޓީގެ ޒުވާނުންނަށް ބޮޑެތި ކުޅިވަރު މުބާރާތްތައް ބޭއްވުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ފުވައްމުލައް ސިޓީގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މި ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރުމަކީ، ސަރުކާރުން ކުޅިވަރާއި ޒުވާނުންގެ ކުރިއެރުވުމަށް ދޭ އަހަންމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ.

މިއަދު އޮންލައިން