ހަމަ އެންމެ 3 މިނިޓުން ކުރެވޭނެ، ކުރުމުން އެންމެ ގިނަ ޘަވާބު ލިބެން އޮތް ޢަމަލު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 55ސ
ހަމަ އެންމެ 3 މިނިޓުން ކުރެވޭނެ، ކުރުމުން އެންމެ ގިނަ ޘަވާބު ލިބެން އޮތް ޢަމަލު-

މިއަދުވެސް ދައްކަން މިޖެހެނީ ހަމަ އަބަދުވެސް ދައްކަން ޖެހޭ ވާހަކައެވެ. އެންމެ ލުއިމަގަކުން އެންމެ ގިނަ ޘަވާބު ލިބޭނެ ގޮތުގެ ވާހަކައެވެ. އެއީ އެކަމަށް ގިނަ ބައަކު އެދޭތީއެވެ. 

ޛިކުރުތަކުގެ ތެރެއިން އެންމެ އިތުރުކަން ބޮޑީ ޤުރްއާނާއި ސުންނަތުން އެނގެން ހުރި ޛިކުރުތަކެވެ. ވީމާ އިތުރަށް ފައިދާ ހޯދަން ކޮންމެ ޢީދަކަށް އައުހެދުމެއް ފަހާ އުޞޫލުން ސުންނަތުގައި ވާރިދުވެގެންވާ ޛިކުރުތައް ބަދަލެއް ނުކުރެވޭނެއެވެ. އެހެންކަމުން މިބުނެދެނީ އެންމެ ލުއި މަގުން އެންމެ ގިނަ ފައިދާ ޙާޞިލްކުރެވެން އޮތް ޛިކުރެއްގެ ވާހަކައެވެ. 

މިއީ އިރުއިރުކޮޅުން ފަސޭހަކަމާއިއެކު 1000 ސަވާބު ހޯދައި 1000 ފާފަ ފުހެވެން ބޭނުން މީހާއަށް ރަސޫލް () ކުރައްވަވާފައިވާ އެއް ހަދިޔާއެވެ. ދޫމައްޗަށް ނުހަނު ފަސޭހައެވެ. ކިޔާލަން ހޭދަވާނީ ގިނަވެގެން 3 މިނީޓްއިރެވެ. ލިބެންހުރި ފައިދާތައް ދަސްކުރާށެވެ! 

މިދައްކަނީ ދުވާލަކު 100 ފަހަރު  سبحان الله وبحمده  ކކިޔުމުގެ މަތިވެރިކަން ބޮޑުކަމުގެ ވާހަކައެވެ.  މިފަދައިން ދުވާލަކު 100 ފަހަރު ކިޔާ މީހާގެ ފާފަތައް ކަނޑުގެ ފޮނުހައި ގިނަ ނަމަވެސް ފުއްސަވައިދެއްވަވާނެކަމަށް ރަސޫލް () ކުރެއްވެވި ޙަދީޘްފުޅު ޞަޙީޙް ބުޚާރީގައި ރިވާވެގެންވެއެވެ. މިކަމަށް ސަމާލުކަން ދީފި މީހަކަށް ނުހަނު ފަސޭހައިން ދުވާލަކު 1000 ފަހަރު ނުކިޔެވެންވީ ކީއްވެގެން ހެއްޔެވެ؟ 

In a hadith narrated by Abu Huraira, Allah’s Messenger (saw) said, “Whoever says, ‘Subhan Allah wa bihamdihi,’ one hundred times a day, will be forgiven all his sins even if they were as much as the foam of the sea. (Bukhari) 

ހަމަ އެއާއިއެކު ދުވާލަކު 100 ފަހަރު سبحان الله وبحمده  ކިޔާ މީހަކަށް 1000 ސަވާބު ދެއްވަވާނެ ކަމާއި 1000 ފާފަ ފުއްސަވައި ދެއްވަވާނެކަންވެސް ޙަދީޘްފުޅުން މިއޮތީ އެނގޭށެވެ. 

We were with the Messenger of Allah (saw) when he asked, “Is anyone of you unable to earn a thousand good deeds?” One of those present asked: “How can one earn thousand good deeds in a day?” He (saw) replied, “By saying: Subhan Allah a hundred times, then one thousand good deeds will be recorded for him or one thousand sins will be blotted out from his record.” (Riyad as-Saliheen)  

އަދިވެސް ކުރިއަށް ދަމާ ހެއްޔެވެ؟  سبحان الله وبحمده ކިޔުމުން އެމީހަކަށްޓަކައި ސުވަރުގޭގައި ރުކެއް އިންދަވައި ދެއްވަވާނެތެވެ. 100 ފަހަރު ކިޔައިފިނަމަ 100 ރުކެވެ. 

The Prophet (saw) said, “For him who says: ‘Subhan-Allahi wa bi hamdihi (Allah is free from imperfection, and I begin with praising Him, and to Him),’ a palm-tree will be planted in Jannah.” (Riyad as-Saliheen) 

މިހިރީ ކިހައި ފަސޭހައިން ކުރެވެން ހުރި ކަންކަން ހެއްޔެވެ؟ ކޮންމެހެންވެސް ސުވަރުގެ ދިއުމަށް ބޭނުން ކަމަށް އެބަ ބުނަމުއެވެ. އެހެން ބުނެފައި އެކަމަށް މަސައްކަތް ނުކޮށް ހުރެއްޖެ ނަމަ ބުނާ ބުނުމާއި ޢަމަލު ދިމައެއް ނުވެއެވެ. އަހަރެމެންނަކީ ހުރިހާ ކަމެއްގައިވެސް ބަހާއި އަމަލު ދިމާކުރާ ބައަކަށް ވާން ޖެހޭނެއެވެ. ސުވަރުގެ ޙާޞިލުކުރެވޭނީ އެއިރުންނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން