ހަނދުމަކޮށްދިނުމެއް!: އޮފީސް ވަޤުތުގަ ވުޟުކުރާނެ ފެން ނުލިބޭނަމަ ޢަމަލުކުރަން އެންމެ ފަސޭހަ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ހަނދުމަކޮށްދިނުމެއް!: އޮފީސް ވަޤުތުގަ ވުޟުކުރާނެ ފެން ނުލިބޭނަމަ ޢަމަލުކުރަން އެންމެ ފަސޭހަ ގޮތް-

ވުޟޫކުރެވެން ހުރި އެންމެ ލުއި ފަސޭހަ ގޮތްތައް ދަސްކުރުމަކީވެސް ކުރަންޖެހޭނެ ކަމެވެ. އެގޮތުން ބޭނުންކުރާނެ ފެން ނުލިބިއްޖެނަމަ ތަޔައްމަމް ކޮށްލިޔަސް ފުދޭނެއެވެ.  

"ތާހިރުވާނެ ފެން ނުހުންނަ ފާޚާނާ ތަކުގައި ސާފުކުރުމަށް ހުންނަ ވޯޓަރ ވެޓް ވައިޕްސް ބޭނުންކޮށްގެން ރަނގަޅަށް ތާހިރުވުމުން ވުޟޫ ކުރުމަށް ޞައްޙަވާނެތޯ؟"  

މިސުވާލު ގިނައިން ކުރެވެނީ ބައެއް އޮފީސްތަކުގައި ވުޟޫކުރުމަށް ހުންނަ ދަތިތަކުގެ ސަބަބުންކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް އަންހެނުންނަށެވެ. އެހެންވެ ބައެއް އޮފީސްތަކުގައި ބޯފެންފުޅި ބޭނުންކޮށްގެންވެސް ވުޟޫކުރާކަން ފާހަގަކުރެވެއެވެ. އޮތީ ކުރިއާލައި އިސްކުރުން ފެން ފުޅިއަކަށް އަޅައި ތައްޔާރުވެގެން ހުރުމެވެ. އުފާކުރަންޖެހޭ ަކަމކީ އެދަތި ޙާލުގައިވެސް ބައަކު ވުޟޫކޮށް ނަމާދުކުރާކަމެވެ.  

"ވުޟޫ ކުރެވޭނީ ސާފުފެނުންނެވެ. ވެޓްވައިޕްސް/ވެޓް ޓިޝޫއަކީ އޭގެ ވަހާއި ރަހަ ބަދަލުވެފައިވާ އެއްޗެކެވެ. ވީމާ އެއިން ވުޟޫކުރުން ހުއްދަވެގެނެއް ނުވެއެވެ. ފެން ނުލިބިއްޖެ ނަމަ ތައްޔައްމަމް ކުރާނީއެވެ." 

"ވެޓް ވައިޕްސް/ވެޓް ޓިޝޫ ބޭނުންކޮށްގެން ތާހިރު ވެވޭނެއެވެ. ނުކުރެވޭނީ ވުޟޫ އެވެ."

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން