ތިބާއަށް އެކަމެއްގެ ސަބަބުން އެންމެ ބޮޑު ހިތްދަތިކަމެއްލިބޭ ނުވަތަ ބުރައަކަށްވެފައިވާ ކަންތަކުން އެންމެ ފަސޭހައިން ސަލާމަތްވެވޭނެ ގޮތް-: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ތިބާއަށް އެކަމެއްގެ ސަބަބުން އެންމެ ބޮޑު ހިތްދަތިކަމެއްލިބޭ ނުވަތަ ބުރައަކަށްވެފައިވާ ކަންތަކުން އެންމެ ފަސޭހައިން ސަލާމަތްވެވޭނެ ގޮތް-: ބިލާލް އައްސަދު

ޢާންމު ގޮތެއްގައި ކަންކަން މީހުންނަށް ބުރައަކަށްވާ ދެގޮތެއް އޮވެއެވެ. އެއްގޮތަކީ އެކަމެއްގެ ސަބަބުން ތިމާއަށް ހިތްދަތިކަމާ ނުތަނަވަސްކަން ލިބުމެވެ. ދެވަނަ ގޮތަކީ ތިމާއަށް ބޭނުންވާ ކަމެއް ޙާޞިލުނުކުރެވުމެވެ.

މިއިން ކޮންމެ ޙާލަތެއްގައި ނަމަވެސް ފުރަތަމަ ކަމަކަށް އެކަމެއް ހިތްމައްޗަށް ގެންނާށެވެ! އެއަށްފަހު އެކަން ﷲ ތަޢާލާއަށް ވަކީލްކޮށް ﷲ ތަޢާލާގެ ޙަޟްރަތަށް ވަކީލްކޮށް ދޫކޮށްލާށެވެ! ތިންވަނަ ކަމަކަށް އެކަމާއިމެދު އެއްވެސް ވަރަކަށް އިތުރަށް ނުވިސްނާށެވެ. ﷲ ތަޢާލާ ހިންމަވައި ދެއްވަވާނީ ތިމާއަށް އެންމެ ފައިދާހުރި ގޮތަށްކަން ޔަޤީންކޮށް އެވިސްނުމުގައި ޘާބިތުވެ ހުންނާށެވެ!

މިގޮތަށް ކަންތައްކޮށްފިނަމަ އެމީހަކަށް އެންމެ ފައިދާހުރި ގޮތަކަށް ﷲ ތަޢާލާ އެކަން ހިންމަވައި ދެއްވަވާނެތެވެ. އަދި އުފުލަންޖެހޭ ތަކްލީފްތައް ނެތިގެންދާނެތެވެ. ނޫންނަމަ ބޮޑުތަނުން ކުޑަވެގެންދާނެއެވެ. އިން ޝާ ﷲ

 

- ބިލާލް އައްސަދުގެ ދަރުސަކުން

 

 

މިއަދު އޮންލައިން