ބަޖެޓުގެ އެންމެބޮޑު ބައެއް ޞިއްހީ ދާއިރާއަށް ކަނޑައަޅާފައިވުމަކީ ރައްޔިތުންގެ ޞިއްހީ ދުޅަހެޔޮކަމަށް ރައީސް ދެއްވާ އަހަންމިއްޔަތު ދޭހަކޮށްދޭކަމެއް: ޞިއްހީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 7ސ
ބަޖެޓުގެ އެންމެބޮޑު ބައެއް ޞިއްހީ ދާއިރާއަށް ކަނޑައަޅާފައިވުމަކީ ރައްޔިތުންގެ ޞިއްހީ ދުޅަހެޔޮކަމަށް ރައީސް ދެއްވާ އަހަންމިއްޔަތު ދޭހަކޮށްދޭކަމެއް: ޞިއްހީ ވަޒީރު

ރައްޔިތުންގެ ޞިއްހީ ދުޅަހެޔޮކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހަންމިއްޔަތު ދޭހަކޮށްދޭ އެއްކަމަކީ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ އެންމެ ބޮޑު ބައެއް ޞިއްހީ ދާއިރާއަށް ކަނޑައަޅުއްވާފައިވުން ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިކަންކަމަށް ފައިސާ ފަހިކުރުމަށްޓަކައި ބަޖެޓުގެ ބޮޑު ބައެއް ޞިއްހީ ދާއިރާއަށް ކަނޑައެޅުއްވުމަކީ ރައްޔިތުންގެ ޞިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށް ރައީސް ޑރ. މުޢިއްޒު ދެއްވާ އަހަންމިއްޔަތު ދޭހަކޮށްދޭކަމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އައްޑޫ ހުޅުދޫ އަދި މީދޫއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ދައުލަތުގެ މީޑީއާއަށް މައުލޫމާތުދެއްވަމުން ޞިއްހީ ވަޒީރު ވިދާޅުވީ، ރައްޔިތުން އަބަދުވެސް އެންމެ ބޮޑަށް އެދެމުންދާކަމަކީ ޞިއްހީ ނިޒާމު ރަނގަޅުވެ، ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުވުން ކަމަށެވެ. އެހެންކަމުން، މިކަމަށް ބަޖެޓުން އިސްކަންދެއްވުމަކީ ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން އިތުރުކުރުމަށް ރައީސް ޑރ. މުޢިއްޒު ދެއްވާ އަހަންމިއްޔަތު ދޭހަކޮށްދޭކަމެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އަންނަން އޮތް ޖީލުތަކަށް ދުންފަތް މަނާކުރުމަށް ނިންމި ފުރަތަމަ ޤައުމަކީ ރާއްޖެކަމަށާއި، މިއީވެސް ރައްޔިތުންގެ ދުޅަހެޔޮކަމަށް ރައީސް ނިންމެވި މުހިންމު ނިންމެވުމެއް ކަމަށެވެ. އަދި މިކަމުން ދޭހަކޮށްދެނީ ރައީސްގެ ހިތްޕުޅުގައި ޞިއްޙީ ދުޅަހެޔޮކަން ރަނގަޅުކުރުމަށް އޮތް ލޯތްބާއި އެކަމަށް ދެއްވާ ޚާއްސަ އަހަންމިއްޔަތުކަން ކަމުގައި ވެސް ވަޒީރު ވިދާޅުވިއެވެ. މި ދައުރުގެ ތެރޭގައި ރާއްޖޭގެ ޞިއްޙީ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނަނާނެކަމުގެ ޔަޤީންކަން ވެސް ވަޒީރު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކޮށްލެވެނީ ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ވަރަށް ހިތްވަރުގަދަ އަދި ކުރިން އެއްވެސް ވެރިއަކަށް އަޅުއްވަން ކެރިވަޑައިނުގަތް ފިޔަވަޅުތަކެއް އެޅުއްވި ވެރިއެއްގެ ގޮތުގައެވެ. އަންނަން އޮތް ޖީލުތަކަށް ދުންފަތް މަނާކުރުމުގެ އިތުރުން އެމަނިކުފާނު ވަނީ ސިނގިރޭޓް ބޭނުންކުރުން ހުއްޓުވުމަށް ސިނގިރޭޓްގެ އިމްޕޯޓް ޑިއުޓީވެސް ބޮޑުކުރައްވާފައެވެ. އަދި ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ވިއްކުން ޤާނޫނުން ވަނީ މަނާކޮށްފައެވެ. މިފަދަ ހަރުދަނާ ފިޔަވަޅުތަކަކީ ރައީސްގެ ވެރިކަމުގައި ޞިއްޙީ ދާއިރާއަށް ލިބޭނެ ކުރިއެރުންތަކުގެ ހެކިތަކެއް ކަމަށް ޞިއްޙީ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން