ދަރަވަންދޫ އެއަރޕޯޓުގެ ޓާމިނަލް ޑިޒައިން މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށް ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ދަރަވަންދޫ އެއަރޕޯޓުގެ ޓާމިނަލް ޑިޒައިން މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށް ހުޅުވާލައިފި

ބ. ދަރަވަންދޫ އެއަރޕޯޓުގެ ޓާމިނަލް އިމާރާތް ތަރައްޤީކޮށް، ޑިޒައިން ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އައިލޭންޑް އެވިއޭޝަނުން  ހުޅުވާލައިފިއެވެ.

މި މަސައްކަތަކީ އެއަރޕޯޓުގެ ޚިދުމަތްތައް ފުޅާކޮށް، ދަތުރުވެރިންނަށް ލިބޭ ތަޖުރިބާ ރަނގަޅު ކުރުމަށް ކުރިއަށް ގެންދާ މުހިންމު މަޝްރޫޢެކެވެ.

އައިލޭންޑް އެވިއޭޝަނުން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، މި މަސައްކަތުގެ ދަށުން ޓާމިނަލްގެ ޑިޒައިން މަސައްކަތާއި، އެކަމާ ގުޅޭ ކޮންސަލްޓެންސީގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ހުޅުވާލާފައެވެ. މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށް ހުށަހެޅުމަށް އެދިފައިވަނީ އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ނިޔަލަށެވެ. މި މަސައްކަތަކީ ދަރަވަންދޫ އެއަރޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ބައެކެވެ. އެއަރޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވެސް އައިލޭންޑް އެވިއޭޝަނާއެވެ.

އައިލޭންޑް އެވިއޭޝަނުން ހާމަކުރެއްވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން މިހާރު ހުރި ޓާމިނަލަށް ބޮޑެތި ބަދަލުތަކެއް ގެނެވޭނެއެވެ. މީގެ ތެރޭގައި އެރައިވަލް ހޯލު މިހާރަށްވުރެ ބޮޑުކުރުމާއި، ޗެކިން ކައުންޓަރުތަކާއި އެރައިވަލް ބެލްޓް އިތުރުކުރުން ހިމެނެއެވެ. މީގެ އިތުރުން ޑިޕާޗަރ ހޯލުގައި ކެފޭއެއް ހެދުމަށް ޖާގަ އިތުރުކުރުމާއި، ޑިޕާޗަރ ގޭޓް އިތުރުކުރުން ވެސް ވަނީ މަޝްރޫޢުގައި ހިމަނާފައެވެ. ޖުމްލަ 814 އަކަމީޓަރުގެ ސަރަހައްދެއްގައި އިމާރާތް ކުރުމަށް ނިންމާފައިވާ މި މަސައްކަތުގެ ސަބަބުން އެއަރޕޯޓުގެ ޚިދުމަތްތައް ފުޅާވެ، ދަތުރުފަތުރުގެ ފަސޭހަތައް އިތުރުވެގެންދާނެއެވެ.

މިއަދު އޮންލައިން