އާރުޑީސީއާ ހަވާލުކޮށް ފޭދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
އާރުޑީސީއާ ހަވާލުކޮށް ފޭދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

އައްޑޫ ސިޓީގެ ފޭދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ އަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށް ރަސްމީކޮށް ފަށައިފިއެވެ.

މި މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ފޭދޫގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ފަށްޓަވައިދެއްވީ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި މަޝްރޫޢުގެ ދަށުން ފޭދޫގެ މަގުތަކުގައި ތާރުއެޅުމާއި، މަގުބައްތި ޖެހުމުގެ އިތުރުން، ދެމެހެއްޓެނިވި ޑްރެއިނޭޖް ނިޒާމެއް ޤާއިމުކުރުން ހިމެނެއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ މަގު ހެދުމުގެ ދާއިރާގައި ތަޖުރިބާ ލިބިފައިވާ ސަރުކާރުގެ ކުންފުނި ކަމަށްވާ އާރުޑީސީއާއެވެ.

ސަރުކާރުން ވަނީ މި މަޝްރޫޢާ ގުޅޭގޮތުން ފޭދޫގެ ރައްޔިތުންނަށް ޔަޤީންކަމެއް ދެއްވާފައެވެ. އެގޮތުން، މަގުތައް ތަރައްޤީކުރާނީ ރަށުގެ ރައްޔިތުންގެ ބޭނުންތަކާއި ޚިޔާލުތަކަށް އިސްކަންދީ، އެމީހުން ބޭނުންވާ ފެންވަރަށް ކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ. މިއީ އައްޑޫ ސިޓީގެ ތަރައްޤީގެ މަސައްކަތަށް ލިބިގެންދާ އިތުރު ކުރިއެރުމެކެވެ.

މިއަދު އޮންލައިން