ހިތަދޫގައި ބީއެމްއެލްގެ ކަސްޓަމަރ ސަރވިސް ސެންޓަރު ރައީސް ހުޅުވައިދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
ހިތަދޫގައި ބީއެމްއެލްގެ ކަސްޓަމަރ ސަރވިސް ސެންޓަރު ރައީސް ހުޅުވައިދެއްވައިފި

އައްޑޫ ސިޓީގެ ހިތަދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކަސްޓަމަރ ސަރވިސް ސެންޓަރެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މި ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހިތަދޫގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުންނާއި، ބީއެމްއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން ބީއެމްއެލްގެ ޗެއަރޕަރސަން އަޙްމަދު ޢަލީ ޙަބީބާއި، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފު ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ކަސްޓަމަރ ސަރވިސް ސެންޓަރު ހުޅުވުމަކީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތްތައް އިތުރަށް ފަސޭހަކޮށްދިނުމަށް ބީއެމްއެލްއިން އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ.

މި ސެންޓަރުގެ ޒަރިއްޔާއިން ހިތަދޫ އަދި އެ ސަރަޙައްދުގެ ރައްޔިތުންނަށް ބޭންކުގެ އެކި ޚިދުމަތްތައް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން