ކޮންމެ ދުވަހަކުވެސް ކަދުރު ނުކައި ހަމައެކަނި ރޯދަވީއްލަން ބޭނުންކުރާ އެއްޗަކަށް ހަދައިގެން ކަދުރުން ހަށިގަނޑަށް ލިބިންހުރި މިބޮޑެތި ފައިދާތައް ލިބޭނީ ކިހިނެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ކޮންމެ ދުވަހަކުވެސް ކަދުރު ނުކައި ހަމައެކަނި ރޯދަވީއްލަން ބޭނުންކުރާ އެއްޗަކަށް ހަދައިގެން ކަދުރުން ހަށިގަނޑަށް  ލިބިންހުރި މިބޮޑެތި ފައިދާތައް ލިބޭނީ ކިހިނެއްތަ؟

އަމިއްލައަށް ހައްދާ ގަހަކުން ލިބޭ އެއްޗެއް ފިޔަވައި ކޮންމެ އެއްޗެއްވެސް ކެވޭނީ ޚަރަދެއްކޮށްގެންނެވެ. އެގޮތުން ބެލިނަމަވެސް ކަދުރަކީ (އެންމެ އަގުބޮޑު މަރުކާތައް ނޫންނަމަ) އެހައި އަގުބޮޑު އެއްޗެއްވެސް ނޫނެވެ. އެހެންކަމާއިއެކުވެސް އެންމެ ބޮޑުއަގުގައި ގަނެއުޅޭ ތަރުކާރީއާއި މޭވާތަކަށްވުރެ ލިބޭ ފައިދާ މާބޮޑުކަން މިއޮތީ ފެންނާށެވެ!

ޢާންމު ގޮތެއްގައި އަޅުގަނޑުމެން ކަދުރު ކަނީ ރޯދަވީއްލުމަށެވެ. ނަމަވެސް ކަދުރުން ލިބޭ ފައިދާތައް ހޯދޭ މިންވަރަކުން އެނގެމުން މިދަނީ ކަދުރުކެއުން ހުއްޓައިލެވެން ނެތްކަމެވެ. ކުރާ ފައިދާތައް ގިނަވެފައި ބޮޑެތިކަމުންނެވެ. ގިނަ ބޮޑެތި ޞިއްޙީ މައްސަލަތަކަށް ޝިފާލިބޭތީއެވެ.

އެގޮތުން މިހައިތަނަށް ހޯދިފައިވާ މައުލޫމާތަށް ބަލާއިރު ހިތް ހުއްޓުމާއި ސްޓްރޯކް ޖެހުމުން އެންމެ ގިނަ ބައަކު ސަލާމަތްކޮށްދިނުމުގައި ކަދުރު ވަނީ ދުނިޔޭގެ ރެކޯޑް ހޯދައިފައިކަމަށް ބެލެވެއެވެ.

މީގެ އިތުރުން ލޭމައްޗަށް ދިއުން ކޮންޓްރޯލްކުރަން އެހީތެރިވެއެވެ. ކޮލޮސްޓްރޯލް މަދުކުރަންވެސްމެއެވެ. ފައިބަރ ގިނަކަމުން ޙަޖަމަގެ މައްސަލަތަކަށް ޙައްލުލިބި ބޮޑުކަމުދާން ފަސޭހަވެގެންދެއެވެ. ހަށިގަނޑުގެ ކަށިތައް ވަރުގަދަކޮށްދެއެވެ. ބައެއް ބާވަތުގެ ކެންސަރަށް ފަރުވާ ލިބޭކަމަށް ބެލެވެއެވެ.

މާބަނޑު އަންހެނުން، ޚާއްޞަކޮށް ލޭމަދު އަންހެނުންނަށާއި ކުޑަކުދިންނަށް ބޭސްސިޓީގައި ބޭސް ލިޔާ އުޞޫލުން މިއަދު ޑޮކްޓަރުންނަށް ކަދުރު ލިޔަން ވަނީ މަޖުބޫރުވެފައެވެ. ވިހެއުމަށްވެސް ފަސޭހަވާތީއެވެ.

އެހައިވެސް ކަދުރުގެ ފައިދާ ބޮޑުކަމުންނެވެ. ކަދުރުން ލިބޭ ފައިދާގެ ތެރޭގައި ނާރުތަކުގެ ބާރުގަދަވުންވެސް ހިމެނެއެވެ.

ޑރ. ހެންރީ އޭނާގެ ބޮޑުބޭބެއަށް ފޮނުވި މެސެޖެއްގައި ލިޔެފައި އޮތެވެ. "ބޮޑުބޭބޭއެވެ. މާގިނަވައްތަރުގެ ބުއިންތައް ނުބުއިނަމަވެސް ހެނދުނު ހުސްބަނޑާހުރެ ބޭބެއަށް ފަސޭހަވަރަކަށް ކަދުރު ކައިބަލާށެވެ! ބަނޑުގެ މައްސަލަތަކާ ލޭގެ އްސަލަތައް ހަލުކޮށް ދިނުމުގެ އިތުރުން ބަނޑާއި އެހެން ތަންތަނުގައި ޖަހާފައިވާ ސަރުބީތައް ވިރުވައިދޭނެއެވެ."

ޑރ. ހެންރީ ވީމަ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅާއި ސުންނަތުގެ ވާހަކަ ދައްކަން ލަދުގަންނާނެއެވެ. އެ ޙަދީޘްފުޅުތަކުގެ އަޑު ޑރ. ހެންރީއަށް އަހަރެމެން އިއްވަމާ ހިނގާށެވެ!

މިއަދު އޮންލައިން