ޢިބްރަތްތެރި ވާހަކަ: ކުޑަ ދަރިވަރަކުދެކެ ވާލޯބިން އެދަރިވަރުގެ "ފަޤީރު" ބައްޕައާ ކައިވެނިކުރި ޓީޗަރަކަށް އެންމެ ތަނަވަސް މީހެއްގެ އަންތބަކަށް ވެވުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 10ސ
ޢިބްރަތްތެރި ވާހަކަ: ކުޑަ ދަރިވަރަކުދެކެ ވާލޯބިން އެދަރިވަރުގެ "ފަޤީރު" ބައްޕައާ ކައިވެނިކުރި ޓީޗަރަކަށް އެންމެ ތަނަވަސް މީހެއްގެ އަންތބަކަށް ވެވުނު ގޮތުގެ ވާހަކަ-

އަހުރެންނަކީ ޓީޗަރެކެވެ. އަހުރެންގެ ދަރިވަރުންގެ ތެރޭގައި ބައްޕައަކު އެކަނި ގެންގުޅޭ ކުއްޖަކު ހިމެނެއެވެ. ބައްޕަ ކުއްޖާއަށް ބޭނުންވާ ހުރިހާ ކަންކަން ކޮށްދެއެވެ. ނަމަވެސް މަންމަ ނެތުމުން އުނިވާ ބައި ވަރަށް ބޮޑެވެ.  

އެކުއްޖާގެ މައްޗަށް ހިތުގައި އުފެދުނު ލޯބި ބޮޑުކަމުން ބައްޕަގެ މަޢުލޫމާތު އޮޅުންފިލުވައިގެން އޭނާ މަސައްކަތްކުރާ ތަނަށް ބައްދަލުކުރަން ދިއައިމެވެ. ބައްދަލުވިއިރު ކަމަކުދާކަށް ނެތެވެ. އެއީ ސްކޫލް އިރުގެ ލޯބިވެރިޔާއެވެ. އެކަން އިޙްޞާޞްވުމުން ދެމީހުންނަށްވެސް ރޮވުނެވެ. އަދި ރޮމުން ބައްދައިވެސް ލެވުނެވެ. އޭނާގެ ކޮނޑުގައި ބޯޖައްސައިގެން އޮވެ އެތައް އިރެއްވަންދެން ރުއީމެވެ.  

އޭނާ ބުންޏެވެ. "ދަރިފުޅަށް އަހަރުވީތަނާ ދަރިފުޅުވެސް ދޫކޮށްލާފައި އަނބިމީހާ ދިއައީއެވެ. ދަރިފުޅު ގެންގުޅެ ބޮޑުކުރީ މުސާރައަށް މީހަކު ހޯދައިގެންނެވެ. އިތުރު ކައިވެންޏެއް ނުކޮށް މިހުރީ ދަރިފުޅު ބޮޑުވެލަންދެންނެވެ. މިހާރު ކައިވެނިކުރެވޭކަށްވެސް ނެތެވެ. އަހުރެންގެ ވިޔަފާރިމިވަނީ ބަނގުރޫޓުވެފައެވެ. މިޙާލަތުން އަރައިގަންނަން ދުވަސްތަކެއް ނަގާނެއެވެ."  

އަހުރެން ބުނީމެވެ. "ކަންކަން ދިމާވިގޮތުން އަދިވެސް އަހުރެން މިހުރީ ކައިވެނިނުކޮށެވެ. ހުރިޙާލަތަށް ވިސްނާނެ ކަމެއް ނެތެވެ. އަހުރެންނަށް މުސާރަ ލިބެއެވެ. ވީމާ އަހުރެންނަށް ޚަރަދެއްކުރާކަށް ނުޖެހޭނެއެވެ. ދަރިފުޅަށްޓަކައި ތިބާއަށް ނުކުރެވޭ ޚަރަދު އަހުރެން ކުރާނަމެވެ. އަހުރެން މިއައީ އެކުއްޖާ ދެކެވާލޯބިން އޭނާގެ ބައްޕައަކީ ކޮންމެ މީހަކުނަމަވެސް އެމީހަކާއި ކައިވެނިކުރުމުގެ ބޭނުމުގައެވެ."  

ދެމީހުންގެ ކައިވެނިކުރެވުނެވެ. ކައިވެނީގެ ޙަފްލާއަށް އަހުރެންގެ ދޮށީ ބޭބެއަށް ފޮނުވި ދަޢުވަތުކާޑު ލިބުމާއިއެކު ރޮކެޓެއްހެން އައިސް ކާޑުދައްކާފައި މިއީ ހަމަ ޙަޤީޤަތެއްތޯ އާއި ހަމަ ކައިވެނިކޮސްފިންތޯ ސުވާލުކުރުމުން ޖަވާބުދިނީމެވެ. މިހާރު އުޅެނީވެސް ފިރިމީހާގެ ގޭގައިކަމަށް ބުނީމެވެ. ދެން ބޭބެ ސުވާލުކުރީ ކައިވެނިކުރިއިރު އަންގައި ނުލީ ކީއްވެގެންތޯއެވެ؟ ބައްޕަ އާއި މަންމަ ނޫން މީހަކަށް ނުއަންގަން ފިރިމީހާ އެދުމުން ކަމަށް ބުނީމެވެ. ބުނީމެވެ. "ދޮންބެ ޝަކުވާކުރަން ނުހަދާށެވެ! މިހާރު ތިއޮތީ އެނގިފައި ނޫންހެއްޔެވެ؟"  

ދޮންބެ ބުންޏެވެ. "މައްސަލ ނުޖައްސަންވީ ކީއްވެގެން ހެއްޔެވެ؟ ދެން ކިޔަން މިހެނީ މެޑަވިއްޔާއެވެ! އެއީ ކުޑަކަމެއް ހެއްޔެވެ؟"  

އަހުރެން ބުނީމެވެ. "ބޭބެ މަސައްކަތްކުރަނީ ފިރިމީހާގެ އޮފީހުގައި ހެއްޔެވެ؟ ވިޔަފާރި ބަނގުރޫޓުވެފައިވާތީ މާގިނަ މުވައްޒިފުން ނުގެންގުޅޭކަމަށް ފިރިމީހާ ބުންޏެވެ."

އެހެން ބުނުމުން އަނގައިންވެސް ނުބުނެ އިރުކޮޅަކު ހުރެފައި ބުންޏެވެ. "ބޮސް ތެދުހަދަންދެން އެނގުނު ކަމަށް ނުހަދާށެވެ! ބޮސްއަށްވުރެ ފައިނޭންޝަލް ސްޓްރެންތު ވަރުގަދަ ވަރުގަދަ އެދަރަޖައިގެ މީހަކު ނުހުންނާނެއެވެ. މިބުނީ ދެވަނަ ދަރަޖައިގެ ވާހަކައެވެ. މިހާރުވެސް ހާޑްވެއާ ވިޔަފާރީގެ އިތުރުން 4 ޢިމާރާތެއް އަމިއްލަ ފައިސާގައި އެބަ އަޅައެވެ. ބޭންކަށް އެންމެ ރުފިޔާއެއްވެސް ދަރައެއް ނުއޮންނާނެއެވެ. ދޮންބެ އަކީ ސީނިއާ މެނޭޖަރެވެ. ފަޤީރުކަމަށް ހެދިގެން އެހުންނަނީ ކޮއްކޮގެ ގޮތްބަލާށެވެ! ވީމާ މިއިން ކަމެއް އެނގުނު ކަމަށް ނުހަދައި އަމިއްލައަށް ކިޔައިދެންދެން މަޑުކުރާށެވެ. ނޫނީ ދޮންބެ އަނދާނެއެވެ!"  

ދޮންބެ އެނބުރި ދިއުމުން ހިތަށް އެރިއެވެ. ސްކޫލުގައި އެކުގައި އުޅުނުއިރު ހުރި ލާނެތްކަން މިހާރުވެސް އެބަހުރިތާއެވެ. އަހުރެން ކައިވެނިކުރީ އޭނާގެ ތަނަވަސްކަމަކާ ނޫނެވެ. ޥީއިރު އަހުރެން ކަންބޮޑުވާންވީ ކީއްކުރަން ހެއްޔެވެ؟"  

ފިރިމީހާއަކީ ދަރަނިވެރިއެއް ނޫންކަމަށް ބުނީ ކައިވެންޏަށް އަހަރުވީފަހުންނެވެ. ފިރިމީހާ ނެތް ޙާލަތުގައި ކުންފުނީގެ ޗެކްތަކުގައި ސޮއިކުރެވޭނެ ގޮތް ހެދިދުވަހުއެވެ. އަހުރެންވެސް ފިރިމީހާގެ މެނޭޖަރަކީ ދޮންބެ ކަމަށް ބުނީ އެދުވަހުއެވެ.  

މިކިޔައިދިނީ މީގެ 12 އަހަރު ކުރީގެ ވާހަކައެކެވެ. އިތުރަށް ބުނެލަން ބޭނުންވަނީ އަހުރެން އެދުވަހު ލޯބިން ބަލަން ޙަވާލުވި ދަރިފުޅު މިއަދު އެގެންދަނީ އަމިއްލައަށް ބޮޑު ވިޔަފާރިއެއް ހިންގަމުން ކަމަށެވެ. މިއަދު އެހުރީ ވިޔަފާރީގެ ދާއިރާއިން ކިޔެވޭނެ އެންމެ މައްޗަށް ކިޔަވައިގެން ކަމަށެ. އެއީ އަހުރެމެންގެ ނިންމުމެއް ނޫނެވެ. ދަރިފުޅު ބޭނުންވި ދާއިރާއެވެ.

 

- ވަސީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން