ޢާއިޝަތު ރަފާޙް ޢަލީ
ޛިކުރުކުރުމަކީ ވަރަށް މަތިވެރި އަދި ﷲ ތަޢާލާ ލޯބިވޮޑިގަންނަވާ ޢަމަލުތަކުގެ ތެރެއިން ޢަމަލެކެވެ. ޛިކުރުކުރުމުގެ ތެރޭގައި ޤުރްއާން ކިޔެވުމާއި، ހެނދުނާއި ހަވީރުގެ ޛިކުރުތަކާއި މި ނޫން އެތައް ޛިކުރުތަކެއް ހިމެނެއެވެ.
އެހެންކަމުން މިލިޔުމުގައި މިބަޔާން ކޮށްލަނީ ޒިކުރުކުރުމުގެ މާތްކަމާއި ގުޅޭގޮތުން އައިސްފައިވާ ބައެއް ޙަދީޘުފުޅުތަކެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.
قال رسول الله صلى الله عليه وسلم: أحب الكلام إلى الله تعالى أربع، لا يضرك بأيهن بدأت: سبحان الله، والحمد لله، ولا إله إلا الله، والله أكبر.
މާނައީ: “ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެންވަނީ ހަތަރު ކަލިމައެކެވެ. އެއީ سُبْحَانَ اللهِ، الْحَمْدُ لِلَّهِ، لَا إِلَهَ إِلَّا اللهُ އަދި وَاللهُ أَكْبَرُ އެވެ.”
من فضائل الأذكار (islamweb.net)
«مَنْ قَرَأ حَرْفاً مِنْ كِتاب الله فَلَهُ حَسَنَة، والحَسَنَة بِعَشْرِ أمْثَالِها، لا أقول: ألم حَرفٌ، ولكِنْ: ألِفٌ حَرْفٌ، ولاَمٌ حَرْفٌ، ومِيمٌ حَرْفٌ».
މާނައީ: މީހަކު ކީރިތި ޤުރްއާނުން އަކުރެއް ކިޔަވައިފިނަމަ އޭނާއަށް ހެޔޮކަމެއް ލިޔުއްވިގެންވެއެވެ. އަދި އެހެޔޮކަން 10 ހެޔޮކަން ފަދައެވެ. (الم) ކިޔުމުން ދިހަ ސަވާބުލިބޭނެ ކަމުގައި ތިމަންކަލޭގެފާނު ވިދާޅުނުވަމެވެ. އެހެނެއްކަމަކު أَلِف އަކީވެސް އަކުރެކެވެ. لَام އަކީވެސް އަކުރެކެވެ. مِيم އަކީވެސް އަކުރެކެވެ.
«من قال: سُبحان الله وبِحَمْدِه، غُرِسَتْ له نَخْلة في الجنة»
މާނަ: “ހުރިހާ އުނި ސިފައަކާއި ކަމަކުން، މަތިވެރިވަންތަ މާތް ﷲ ހުސް ޠާހިރުވެވޮޑިގެންވެއެވެ. އަދި ހުރިހާ ޙަމްދެއް ހުރީ އެކަލާނގެއަށެވެ. މިފަދައިން ބުނެފި މީހަކަށް ސުވަރުގޭގައި ކަދުރު ރުކެއް އިންދިއްޖެއެވެ.“
كَلِمَتَانِ خَفِيفَتَانِ علَى اللِّسَانِ، ثَقِيلَتَانِ في المِيزَانِ، حَبِيبَتَانِ إلى الرَّحْمَنِ: سُبْحَانَ اللهِ وَبِحَمْدِهِ، سُبْحَانَ اللهِ العَظِيمِ.
މާނައީ: ﷲ ގެ ޙަޟްރަތުގައި ދުލަށް ލުއިވެގެންވާ ދެކަލިމައެއް ވެއެވެ. އެ ދެކަލިމަ މީޒާނުގައި ބަރުވެގެންވެއެވެ. ރަޙްމާންވަންތަ ﷲގެ ހަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވެއެވެ. އެ ދެކަލިމައަކީ سُبْحَانَ اللَّهِ وَبِحَمْدِهِ، سُبْحَانَ اللَّهِ الْعَظِيمِ»
https://dorar.net/hadith/sharh/3020