ނުބައި ބަލިތައް ގިނަވެ ފެތުރެމުން އަންނައިރު އެބަލިތަކުން ސަލާމަތްކަން ދެއްވެވުން އެދިގެން ކުރެވިދާނެ 3 ދުޢާއެއް-

ކިޔުމަށް ހޭދަވާނީ 3މ 2ސ
ނުބައި ބަލިތައް ގިނަވެ ފެތުރެމުން އަންނައިރު އެބަލިތަކުން ސަލާމަތްކަން ދެއްވެވުން އެދިގެން ކުރެވިދާނެ 3 ދުޢާއެއް-

ޢާއިޝަތު ރަފާޙް ޢަލީ

 

މުޅި ދުނިޔެއަށް ބެލިނަމަވެސް ނުބައި ބަލިތަކާއި ބޮޑެތި ބަލިތައް ފެތުރުން އަންނަނީ ގިނަވަމުންނެވެ. އެއިގެ ތެރޭގައި އެންމެ ބާރުގަދަ ބޭހަށް ނުގުޑާ ބަލިތައްވެސް ބައިވަރެވެ.  

އެހެންކަމުން މިގެނެސްދެނީ އެފަދަ ބަލިތަކުން ސަލާމަތްކަން ދެއްވެވުން އެދިގެން ކުރެވިދާނެ ބައެއް ދުޢާއެވެ.  

· بسمِ اللَّهِ الَّذي لا يضرُّ معَ اسمِهِ شيءٌ في الأرضِ ولا في السَّماءِ وَهوَ السَّميعُ العليمُ 

މާނައީ: އިބަ ﷲ ގެ އިސްމުފުޅުގެ ބަރަކާތުން ރައްކާތެރިކަން ލިބިގަންނަމެވެ. ﷲ ތަޢާލާގެ އިސްމުފުޅުގެ ބަރަކާތާއެކު ބިމާއި އުޑުން އެއްވެސް އެއްޗެއް ގެއްލުމެއް ނުދޭނެއެވެ. އަދި ﷲ އީ މޮޅަށް އައްސަވާ ވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ." 

الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net) 

· "اللهم إني أعوذ بك من البرص، والجنون، والجذام، ومن سيئ الأسقام" 

މާނައީ: ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ހުދުބަލިންނާއި، ބުއްދިފިލައިދިޔުމުންނާއި، ޖުޒާމުބަލިންނާއި، އަދި އެންމެހާ ބަލިތަކުގެ ނުބައިކަމުން އިބަރަސްކަލާނގެ ހަޟްރަތުން މިއަޅާ ރައްކާތެރިކަން އެދެމެވެ.  

شرح دعاء "اللهم إني أعوذ بك من البرص، والجنون، والجذام، ومن سيئ الأسقام" - الكلم الطيب (kalemtayeb.com) 

· "اللهم جنبني منكرات الأخلاق، والأهواء، والأعمال، والأدواء " 

މާނައީ: އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އެންމެހާ ނުބައި އަޚްލާޤުންނާއި ނުބައި ޢަމަލުތަކުންނާއި ހަވާނަފްސުގެ ނުބައި އެދުންތަކުންނާއި، އެންމެހާ ނުބައި ބަލިތަކުން މިއަޅާ ރައްކާތެރިކޮށް ދުރުކޮށްދެއްވާނދޭވެ." 

شرح دعاء "اللهم جنبني منكرات الأخلاق، والأهواء، والأعمال، والأدواء " - الكلم الطيب (kalemtayeb.com)

 

މިއަދު އޮންލައިން