ރިޒުޤް ތަނަވަސް ނަމަވެސް ރިޒުޤަށް އެދި ދުޢާކުރުން ހުއްޓާލައިގެން ނުވާނެ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ރިޒުޤް ތަނަވަސް ނަމަވެސް ރިޒުޤަށް އެދި ދުޢާކުރުން ހުއްޓާލައިގެން ނުވާނެ ސަބަބު-

ބައެއް މީހުންނަށް ވިސްނެނީ ރިޒުޤް ހޯދަން ޙަލާލުގޮތުގައި މަސައްކަތްކުރާނަމަ އެމީހަކަށް ރިޒުޤް އެލިބެނީ އެމީހާގެ މަސައްކަތުން ކަމަށެވެ. އެހެންވެ ރިޒުޤަށް އެދި ދުޢާކުރުމުގައި އިހްމާލުވެއެވެ. 

މިއީ ކުށް ވިސްނުމެކެވެ. ޙަލާލު ގޮތުގައި ކިތަންމެ ބުރަކޮށް މަސައްކަތްކުރިޔަސް ރިޒުޤް ލިބޭނީ ﷲ ތަޢާލާ ދެއްވެވުމުންނެވެ. ވީމާ ރިޒުޤަށް އެދިގެން އަބަދުވެސް ދުޢާކުރަންވާނެއެވެ. 

ގިނަ ބައަކަށް ކަންކަން ކުރެވޭ ގޮތަކީ ދުނިޔެއަށްޓަކައި ދީން ޤުރްބާން ކުރެވެނީއެވެ. ދުޢާކުރުމާއި ދުރުހެލިވެވޭ ސަބަބަކީ އެއީއެވެ. ޞަޙާބީން ޢަމަލުކުރެއްވެވީ އެގޮތަކަށް ނޫނެވެ. އެބޭކަލުން ދީނަށްޓަކައި ޤުރްބާން ކުރެއްވެވީ ދުނިޔެއެވެ. އެހެންވެ އަބަދުވެސް ތިއްބެވީ ދުޢާކުރުންމަތީގައެވެ.  

އަހުރެންގެ ނަޞީޙަތަކީ ރިޒުޤް ތަނަވަސްވިޔަސް ނުވިޔަސް ދުޢާކުރުން ދޫކޮށްނުލާށެވެ! ތިބާއަށް ދެއްވަވާފައިވާ ރިޒުޤް ނުވަތަ ތަނަވަސްކަން ކޮންމެ ވަޤުތަކުވެސް އަނބުރައި ގެންދެވުމަށް ﷲ ތަޢާލާ ކުޅަދުންވަންތައެވެ. ވީމާ ގިނައިން ލިބޭވަރަކަށް ދުޢާކުރުން ގިނަކުރާށެވެ. އެ ނިޢުމަތް ތިބާއާއިއެކު ދެމިގެންވާނީ އެއިރުންނެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން